ވައުދު ފުއްދަން ޖެހެނީ ވަކި ތަރުތީބަކުން: ނަޝީދު

ވައުދުތައް ފުއްދަން ޖެހޭނީ ވަކި ތަރުތީބަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ހދ.ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ކޮށްދޭން ބުނި ކަންކަން ކޮށްދޭނެ ކަަމަށާއި، ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންނަށް ސާވިސް ޗާޖުވެސް ލިބޭނެ ކަމަށާއި، އެންމެ ކުޑަ އުޖޫރަވެސް ކަނޑައަަޅާނެ ކަަމަށެވެ. އެހެންނަމަވެސް ވައުދު ފުއްދުމަކީ ވަކި ތަރުތީބަކުން ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

" ވައުދެއް ފުއްދުމަކީވެސް ތަރުތީބަކުން ކުރަން ޖެހޭ ކަމެއް. ތާ އަބަދު އަޅުގަނޑުމެން އެބަ ދަންނަވަން. ތަރައްގީއަކީ ވަކި ހާއްސަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރެވުނީމައި، އިންސާނާއަށް ވާ ކަމެކޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހީންނަށް ބޯހިޔާވަހިކަމާ، ނަރުދަމާއާއި، އެންމެ ކުޑަ އުޖޫރައާ ދިމާލަށްވެސް ދެވެން އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ފަހުރިވެރިކަމާއެކު ދިރިއުޅޭ ދިވެއްސަކަށްވެސް ވެވެން އެބައޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކައިގައި ވަނީ އިންސާފު ގާއިމު ކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ޝަރުއީ ދާއިރާއިސްލާހު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.

ވައުދުތައް ފުއްދަން ޖެހޭނީ ވަކި ތަރުތީބަކުން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއިރު، މި ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދައިދޭން ވައުދުވެފައިވާ ކަންކަން ނުފުއްދުމުގެ ސަބަބުން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ. އޭގެތެރެއިން އެއް ވައުދަކީ އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމުގެ ވައުދެވެ.

އެވައުދު އަދިވެސް ފުއްދައިދީފައެއް ނުވެއެވެ. އެހެންނަމަވެސް ވައުދުތަކުގެ ތަރުތީބަށް ބަލާއިރު، އެ ވައުދު ފުއްދައިދޭން ބުނި ތާރީހު ފަހަނައަޅާ ދިޔަތާ އަހަރެއް ވާން މިވަނީ ކައިރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަލީޝާކިރު 16 ޖެނުއަރީ 2020 - 13:33

    މަގޭރިޕޯޓު ފުރަތަމަ ހަދަންވީ މިސަރުކާރު ހިންގަން ތިބި ބޮޑުންގެ ޓެސްޓެއް 24 ގަޑިއިރު ހަމައިގަ ތިބޭ ބައެއްތޯ ބަލަން އޭގެ ފަހުގަ ރިޕޯޓުތައް ބަލާފަ ވޯޓުދޭންވީ މިމީހުން ނޫންބާ ރިޔާސީ އިންތިހާބާ ދިމާކޮއް ކުޅުދުއްފުއްޓައް ވަޑައިން ވިދާޅުވީ އަޅުގަނޑުމެން ހޮވައިގެނޭ ސަލާމަތުގެ އައްސޭރިޔެއް އަތުޖެހޭނީ 100 ދުވަހުން އެވަނި މިސްކިތެއް އޭސީ ހަރުކޮއް މިވަނި މަގެއް ހަދާނަމޭ އެއާޕޯޓު ތަރައްގީ ކުރަނީވެސް ތިމަންނާމެނޭ އިންޓްރަސްޓްކުޑަލޯނު ލިބޭނޭ ޓުވެރިޒަމައް ހދ އަތޮޅު ހުޅުވަދޭނަމޭ ކޮޗިންފެރީއޭ ރިސޯޓުގަހުރި މިމީހާގެ ދަރި ރަށައް އަންނަނޭ ނިދަން ކަރަންޓު އަގުހެޔޮވާނޭ މަސްވެރިކަން ކުރިއަރުވަދޭނަމޭ އޭގެފަހުން މަޖިލިސް އިންތިހާބު މިމީހުން ވަޑައިގަތީ ހަމައެލަވަކިޔަމުން އެބެރުޖަހަމުން ދެންމި ވަޑައިގަތީ ކައުންސިލު އިންތިހާބައް ކަނޑުފޭރޭ ބައެއްގެ ގޮތުގަ ހުދަންބަރެއް ހިފައިގެނޯ ކުޅުދުއްފުށި ސީކުއިން ބޯޓުން މީހަމައެމީހުންބާ ނޫނީ ލެއްގި ބަބުބުރު ތަކެއްބާ ސައްކު މިމީހުންނާ ދޭތެރޭ އެއްކަލަ ތިމަންނާމެން ތަރައްގީ ކުރަންބުނި އެއާޕޯޓެއް ހަނދާނެއްނެތް އޭސީކުރަން ބުނި މިސްކިތެއް އޭސީ ކުރެވިފަކާނެތް މިމީހާގެ ދަރި ރިސޯޓަކުން ނިދާކައްނާދޭ ދެންމިފެށީ މުޅިން އެހެންވާހަކައެއް މިހާރުހުރި ހޮސްޕިޓާ ގޯހީ ހިދުމަތް ނުދެނީ ހޮސްޕިޓާ އެމްޑީއެން ރިޕޯޓު ނެރުނީމަ އެމްޑީއެން ގޯސްވީ އެކަންކުރިމީހުން ދައުލަތުގެ ހަރަދުގަ ފިލުވާފަ ދުނިޔޭގެ ދަޅަޔައް ރައްޔިތުން ހެއްލުމައް 200 މިލިޔަން ރުފިޔާ ޖަހައިގެން މިވެސް މުސްލިމުންނޯ ދެންބާރައް އަތްޖަހާ

ގުޅުން ހުރި
Loading...