ކަރުދާހުން އުވާލުމަކުން އެމްޑީއެންގެ މައްޗަށް ފިޔަވަޅު އެޅުނުކަމަކަށް ނުބުލެވޭނެ: މުފީދު

ހަމައެކަނި ކަރުދާހުން އުވާލުމަކުން ލާދީނީ ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކް (އެމް.ޑީ.އެން)ގެ މައްޗަށް ފިޔަވަޅު އެޅުނީކަމަށް ނުބެލޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

މުފީދު މިހެން ވިދާޅުވެފައިވަނީ ރައީސް އަބްދުއްﷲ ޔާމިން އަބްދުލް ގައްޔޫމުގެ މައްޗަށް ނުހައްގުން އިއްވާފައިވާ ހުކުމާ ދެކޮޅަށް ކުރިއަށްގެންދިޔަ ސިލްސިލާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިންގެ ތެރޭގައި އޮންނަންވާނީ އިސްލާމް ދީންކަމަށާއި، އިސްލާމީ ރިވެތި އުސޫލުތަކާއި ވަހުދަތުކަން ދިވެހިން ވަރަށް ކެރިތިބެ ގަބޫލުކުރާކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. އަދި ބަޔަކު މޭ ފުއްޕާލާފައި މިހާރު އެމް.ޑީ.އެންގެ ވާހަކަ ހިނދިއްޖެކަމަށް ބުނަމުން ދިޔަ ނަމަވެސް އެ ލާދީނީ ހަރަކާތް ހިންގި މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ކެރިހުރެ ގޮވަމުންދާނެކަން އޭނާ ހާމަކުރެއްވިއެވެ. ލާދީނިއްޔަތު ފަތުރަން ސަރުކާރު ކުރަމުންދާ ކަންތައްތައްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަންވެސް އޭނާ ހާމަކުރެއްވިއެވެ.

އެމް.ޑީ.އެން އުވާލާ ލާދީނީ ރިޕޯޓު ތައްޔާރުކުރުމުގައި ބައިވެރިވި މީހުންގެ މައްޗަށް ފިޔަވަޅުއެޅުމަށް ރައްޔިތުން ދިޔައީ މެދުނުކެނޑި ސަރުކާރަށް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމް.ޑީ.އެން އުވާލާ އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ރައްޔިތުންވަނީ މުޒާހަރާކޮށްފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ އަޑުއުފުލުންތަކަށް ސަރުކާރުން އަދިވެސް ފުރިހަމަޔަށް އިޖާބަ ދީފައި ނުވާކަން މުފީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވެ ގައުމުގެ މަސައްކަތްތެރިންގެ އަތްމަތި ހުލިވެގެންދާތަން ބަލަންހުރިމަކީ ހަޖަމްކުރެވޭނެ ކަމެއް ނޫންކަމަށް ހަސަން މުފީދު ވަނީ އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ސަރުކާރުގެ ތަސައްވުރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ހުރުމަތް ކެނޑޭފަގަ ގޮތަށް ތުން ދިގު ފުޅިތަކާއި ދެންވެސް ދީން ހުއްދަ ނުކުރާ ކަންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...