ކައުންސިލް ހިންގުމުގެ ގަވައިދަށް ގެނައި ބަދަލުގައި އަޑި ނޭނގޭ ސިއްރުތަކެއް ވޭ: މުހައްމަދު އިސްމާއީލް

2018 ވަނަ އަހަރު ކޯލިޝަން ހަދައިގެން ވެރިކަމަށް އައި ފަހުން އެމްޑީޕީ ކޯލިޝަނުން ރައްޔިތުންނަށް ގެނެސްދިން އެއްވެސް ކުރިއެކުމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނުހައްގުން އިދިކޮޅު ސިޔާސީ ލީޑަރު އަދި 2023ގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ މައްޗަށް އިއްވަވާފައިވާ ހުކުމާއި ދެކޮޅަށް ކުރިއަށްގެންދިޔަ ސިލްސިލާ ޖަލްސާގެ ތެރެއިން ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވެފައިވަނީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ހަވާލުކޮށް އަދި ރައްޔިޔުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން އެމީހުން މަސައްކަތްކުރަމުން އެ ދަނީ ރައްޔިތުންގެ ހައްގުތަކަށްވުރެ އަމިއްލަ މަސްލަހަތައް އިސްކަންދީގެން ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ރަނގަޅު ނޫންގޮތަށް ގާނުންތައް ހެދުމާއި ގާނޫނުތަކަށް ބަދަލުގެނައުމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ ނުފޫޒު ފޯރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ލޯކަން ކައުންސިލްތައް ހިންގުމުގެ ގަވައިދަށް ގެނައި ބަދަލުތަކަކީވެސް އޭގައި ފޮރުވިފައިވާ އަޑި ނޭނގޭ ކަންތައްތަކެއް އެކުލެވިގެންވާ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ގާނޫނުގެ ތެރެއިން އަތޮޅުތަކާއި ރަށްތަކަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމަށް ސަރުކާރުން ބުނަމުން ގެންދެވި ނަމަވެސް އެކަންކަމަކީ ގާނޫނީ ނަޒަރަކުން ބެލިކަމުގައި ވިޔަސް ހަގީގަތުގައި ކޮށްދެވޭނެ ކަމެއް ނޫންކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގެ އާމްދަނީއިން ވަކި އިންސައްތައެއް މުޅި ހުރިހާ ކައުންސިލަކަށް ބެހެނިވި ގޮތުގައި ދެއްވާނެކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް މިކަމަކީވެސް ސީދާ ކައުންސިލްތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް ގޯސްތައް ހެދުމަށް މަގުފަހިވާނެ ފަދަ ގޮތައް އަދި ރައްޔިތުންގެ ތެރޭގައި މަސްލަހަތުގެއްލޭނެ ފަދަގޮތަކަށް ފަރުމާކުރެވުގެން ގާނޫނަށް ގެނެސްފައިވާ ބަދަލެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެއިން އެއްވެސް ބަދަލަކުން ހަގީގީ މާނައިގައި ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެކަން މުހައްމަދު އިސްމާއިލް ވަނީ އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...