ރައީސް ސޯލިހުގެ ވެރިކަމަކީ ރައްޔިތުންނަށް މާޔޫސްކަން ގެނުވައިދިން ވެރިކަމެއް: ޝުޖާއު

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު: ފޮޓޯ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ރައްޔިތުންނަށް މާޔޫސްކަން ގެނުވައިދިން ވެރިކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޝުޖާއުގެ ޓްވީޓުަގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް މާޔޫސް ކަން ގެނުވައިދިން ވެރިކަމެއް ކަމަށެވެ. އެގޮތުން ތަޖުރިބާއެއް، އިލްމެއް، ފަންނުވެރިކަމެއް ނެތް މި ބޭފުޅުން ރަށްރަަށަށް އަރާ ދެކޮޅު ނުޖެހޭ ވާހަކަ ދެއްކުމުން ރައްޔިތުން ޝައުގުވެރި ނުވާނެކަން މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ އެމްޑީޕީއަށް ހއ. އަތޮޅުން ދައްކުވައިދީފި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ އެ އަތޯލުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށްވެސް ށުޖާއުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އިން މިހާރު ހއ. އަތޮޅުގެ ރަށްރަށަށް ކުރަމުން ގެންދާ ކެމްޕެއިން ދަތުރުގައި އެ ޕާޓީއަށް ގިނަ ރަށްރަށުން ލިބިފައިވަނީ ފިނި ތަރުހީބެކެވެ. އެގޮތުން ހއ.ކެލާ ގައި އިސްތިއުފާ ދެއްވި ރައީސް ނަޝީދު ބޭއްވި ޖަލްސާއަށް އެ ރަށުން ހާޒިރުވެފައިވަނީ 10 ވަރަކަށް މީހުންނެވެ. އަދި އެ ޕާޓީން ދިއްދޫގައި ބޭއްވި ޖަލްސާއަށްވެސް ދިޔައީ ނިސްބަތުން ވަރަށް މަދު ބަޔެކެވެ.

ޝުޖާއު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އެމްޑީޕީގެ އެޖެންޑާ19އަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ އެޖެންޑާއަކީ ލާދީނީ އެޖެންޑާއެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރަނުން ރަނަށޭ ހިސާބު ކުރެވިގެނޭ، ކަޅާ ހުދުން ލިޔެވިގެނޭ ކިޔާ ރައްޔިތުން ކުރިމަތީ ދޮގު ހަދަމުން ދާއިރު 2019 ނިމުނު އިރު ދައުލަތުގެ ބަޖެޓު އޮތީ 9 ބިލިއަން ރުފިޔާ އިން ޑެފެސިޓް ވެފަކަން ރައްޔިތުންނަށް އެނގޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓު ދަރަނި 9 ބިލިއަނަށް ނިމި ދިޔަ އަހަރު އަރާފައިވާއިރު ދައުލަތުގެ މާލީ ވަޒީރު ވަނީ އެކަމާ އިތުރުފުޅު ހައްދަވާފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީ އިން ވަރުގަދައަށް ކެމްޕެއިން ކުރަމުންދާއިރު ސަރުކާރަށް ދޮޅު އަހަރު ވެގެން ދާއިރު ވެރިކަމަށް އައުމަށް އަުމަށް ދިވެހި ރައްޔިތުންނަށް ވީ ވައުދުތައް ވެސް އަދި ހަމަ ހުރީ ނުފުއްދިއެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުތައްވެސް އަދި ނުފުއްދޭކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...