ސައިޒު އޮޅިވަޑައިނުގެންނެވި ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން: ސައީދު

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ އަވަސް
ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ސައިޒު ނޯޅުނު ހަމައެކަނި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް ޕީޕީއެމް ޕީއެންސީން ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނިމިކު މިނިސްޓަރު ސައީދު ވިދާޅުވީ، މި ގައުމަށް ބޭނުންވާ ތަރައްގީ އެނގޭނީ މި ގައުމުގެ ރައްޔިތުންނަށް ކަމަށާ އެކަމުގެ ތެރެއަށް ކުޑަ ގައުމަކުންވެސް އަދި ބޮޑު ގައުމަކުންވެސް ވަންނަން ނުޖެހޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވަމުން ސައީދު ވިދާޅުވީ، ރައީސް ޔާމީން އަދި މި ގައުމުގެ ވެރިކަމުގެ ތަޚުތުގައި ޕީޕީއެމް ޕީއެންސީން ބައިންދާނެ ކަމަށް އއެމނަިކުފާނު މި ގައުމަށް ގެނެސްދެއްވަން ބޭނުންފުޅުވެލެއްވި ތަރައްގީ މިގައުމަށް ގެނެސްދެވޭނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ސިޔާސީ މަޞްރަހުގައި ތިމާ އަށް ތިމާ ފެނިއްޖެ އެއްވެސް މީހަކަށް ކާމިޔާބީ ނުލިބޭނެ ކަމަށާ އެކަން މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަހުން ފެންނަމުން ދާ ކަމަށެވެ. އަދި މިއަދު މި ގައުމުގައި ވެރިކަން ކުރައްވާފައިވާ ތިއްބެވި ވެރިންނަށް ބަލާއިރު، ތިމާގެ ސައިޒު ތިމާ އަށް އޮޅިވަޑައިނުގެން ހުންނެވީ ހަމަ އެކަނި ވެރިޔަކީ ރައީސް ޔާމީން ކަމަށާ އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ގޮތުގައި ކަމަށް ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ގައުމުގެ ކަންކަން ނިންމުމުގައި ބޮޑު އަދި ކުޑަ ގައުމަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ސައީދު ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ އެކަން އަލުގަޑުމެން ދިވެހިންނަށް ހަނދާން ކޮށްދީފައެވެ. އެގޮތުން އަހަރުމެންނަކީ އަހަރުމެންގެ ކަންކަން ނިންމޭ ފެންވަރު ބަޔަކަށް ވާން ޖެހޭ ކަމަށާ އަހަރުމެންނަކީ އދގައި އަހަރުމެންގެ ބަސް އިއްވޭ ވަރުގެ ބަޔަކށް ވާން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...