އައިޝްވަރްޔާ އަކީ އޭނާގެ މަންމަ ކަމަށް ފިރިހެނަކު ދައުވާކޮށްފި

ބޮލީވުޑްގެ ތަރިންނަށް ފޮލޯ ކުރާ އެތައް ހާސް ބަޔަކު ދުނިޔޭގައި އުޅެއެވެ. އެގޮތުން އެތަރިންގެ ދިރިއުޅުމުގެ ކަންކަން ބަލައި، ތަރިންގެ ނަމުގެ ޓެޓޫ ޖަހާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަަމަވެސް މިފަހަރު، މަޝްހޫރު ބަތަލާ އައިޝްވަރްޔާ ރާއީގެ ފޭންއެއް ކޮށްގެން މިއުޅެނީ މުޅިން ތަފާތު ކަމެކެވެ.

އޭނާ ބުނެފައި މިވަނީ އައިޝްވަރްޔާ އަކީ އޭނާގެ "މަންމަ" ކަމަށެވެ. އަދި އައިޝްވަރްޔާއަށް އޭނާ ލިބުނީ، އުމުރުން 15 އަހަރުގައި އައިވީއެފް ހަދައިގެން ކަމަށެވެ.

މެންގަލޯރަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމުގައިވާ ސަންގީތު ކުމާރު ބުނީ އޭނާ އުފަންވެފައިވަނީ 1988 ވަނަ އަހަރުގައިި ކަމަށެވެ. އަދި އޭރު އައިޝްވަރްޔާގެ އުމުރުން 15 އަަހަރު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ބެލީ އައިޝްވަރްޔާގެ މަންމަ ބްރިންދާ ރާއީއާއި ކްރިޝްނާރާޖް ކަމަށްވެސް އޭނާ ބުންޏެވެ.

ސަންގީތު ބުނީ އޭނާގެ މަންމަ އަކީ ކާކުކަން އޮޅުވައިލުމަށްޓަކައި އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓް ނައްތާލާފައިވާ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން، އޭނާގެ ބައްޕަ އަކީ ވަޑިވެލޫ ރެޑީ ކިޔާ މީހެއް ކަމަށެވެ.

ސަންގީތު ބުނީ އޭނާ މަންމަ އައިޝްވަރްޔާ އާއި އެކީގައި މުމްބާއީގައި ދިރިއުޅެން ބޭނުންވާ ކަަމަށެވެ.

އައިޝްވަރްޔާއަކީ މަންމަ ކަމަށް ބުނެ އާންމު ކުރި ވީޑިޔޯއަށް، އައިޝްވަރްޔާގެ ފޭނުންގެ ސަމާލުކަން ލިބުނަސް، އެއްވެސް މީހަކު ސަންގީތުގެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އެންމެންވެސް ދެކޭ ގޮތުގައި އޭނާގެ އޮތީ އެންމެ ނިޔަތެކެވެ. މީހުންގެ ސަމާލުކަން ހޯދުމެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...