އޮސްޓްރޭލިއާއަށް އެހީވުމަށް ސެލެސްޓް ހުޅުވި ފަންޑަށް 28 މިލިއަން ޑޮލަރު ހަދިޔާކޮށްފި

އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމުގައި އެހީތެރިވުމުގެ ގޮތުން އެގައުމުގެ ކޮމީޑިއަން ސެލެސްޓް ބާބާ ހުޅުވާފައިވާ ފަންޑަށް 28 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފޭސްބުކް މެދުވެރިކޮށް ބާބާ ހުޅުވި އެ ފަންޑަށް އެންމެ ދެ ދުވަސް ތެރޭގައި 13 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި މިހާރު އެ އަދަދު ދެ ގުނައަށް ވަނީ އިތުރުވެފައެވެ. އެ ފަންޑަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ފައިސާ ހަދިޔާކޮށްފައިވާ ކަމަށް ފޭސްބުކުން ދައްކައެވެ.

އިންސްޓަގްރާމްގައި 6.5 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރާ ބާބާ ބުނީ އެ ފަންޑު ހުޅުވިއިރު އޭނާ ނިންމާފައި އޮތީ، އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ނިއު ސައުތު ވޭލްސްގެ ރޫރަލް ފަޔާ ސާވިސެސްއަށް ހުރިހާ ފައިސާއެއް ހަދިޔާ ކުރާށެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ މުޅި ގައުމަށް އެހީ ފޯރުކޮށްދެވޭ ގޮތަށް އެކި ސްޓޭޓުތަކާއި ޖަމުއިއްޔާތަކަށް އެ ފައިސާ ބެހުމަށެވެ.

އޮސްޓްރޭލިއާގެ ޖަންގަލީގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ރޯވެ އަނދަމުންދާ އަލިފާންގަނޑު މިހާތަނަށް އަށް ހެކްޓަރުގެ ސަރަހައްދަކަށް ވަނީ ފެތުރިފައެވެ. އެކަމާ ގުޅިގެން މިހާތަނަށް 25 މީހުން މަރުވެފައިވާއިރު، އެތައްހާސް ބައެއްގެ ގެދޮރު ވަނީ އަނދާ ހުލިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...