އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ 21 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 21 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއަށް ކުރަމުން އަންނަ ވިއްސާރައިގައި ބުރާސްފަތި ދުވަހު އެކަނިވެސް 21 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ޖަކާޓާގެ ޑޮމެސްޓިކް އެއާޕޯޓު ބަންދު ކުރަން ޖެހި، 20،000 މީހުންގެ ދަތުރަށް ވަނީ ހުރަސްއެޅިފައެވެ. ވިއްސާރައިގައި ގެދޮރާ މުދަލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 19،000 މީހުން މިވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ. އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނީ ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި 120،000 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޮކޯ ވިޑޯޑޯވަނީ މަރުކަޒީ ސަރުކާރުތަކާ ސިޓީ ސަރުކާރުތަކުން ގުޅިގެން މީހުން ސަލާމަތް ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލައްވައިފައެވެ. އަދި އޭގެ އިތުރުން ފެންބޮޑުވަނީ އެކަން ހުއްޓުމަށްޓަކައި ބިނާކުރަންޖެހޭ ޢުމްރާނީ ވަސީލަތްތައް ބިނާކުރުން ލަސްވުމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...