ދަތްތައް ހުދު ކުރަން ބޭނުމިއްޔާ މިކަންކަން ކޮށްލާ!

ތިބާގެ ރީތި، ހުދު ދަތްތައް ކުއްލިއަކަށް ރީނދޫ ކުލައަށް ބަދަލުވާން ފަށާފައިވާކަން ފާހަގަ ކުރެވޭނަމަ، ތިޔަ ދަތްތަކާމެދުގައި ފަރުވާ ބަހައްޓަންވީ ވަގުތު ޖެހުނީއެވެ.

ދަތްޕިލަ އަކީ މީހުންގެ ސަމާލުކަން ލިބޭ އެއްޗަކަށްވާއިރު، ކޮންމެ މީހަކުވެސް ރީތި ދަތްޕިލައެއްގެ ވެރިޔަކަށް ވާން ބޭނުންވާނެކަން ޔަގީނެވެ. ދަތްތަކުގެ ރީތިކަން ގެއްލިގެން ދިޔުމަށް މަގު ފަހި ކުރުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ދަތްތަކުގެ ކުލައަށް އެ އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަންވެސް ހުރެއެވެ. މި ލިޔުމުގައި ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ.

ކާށިތެޔޮ:

އާނއެކެވެ. ތިޔަ ހީކުރާ ގޮތާ ހިލާފަށް ކާށި ތެލަކީ ދަތްތައް ހުދުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަނގައަށް ކާށިތެޔޮ ސަމުސަލެއް އެޅުމަށްފަހު ފަސްވަރަކަށް މިނެޓު ވަންދެން އެއިން ދަތްޕިލަ ދޮވެލާށެވެ. ނޫންނަމަ، ދަތް އުނގުޅާ ބުރުހަށް ކާށިތެޔޮ ކޮޅެއް އެޅުމަށްފަހު ދަތްތައް އުނގުޅާށެވެ. ފަސްމިނެޓު ވަންދެން ދަތްއުނގުޅަން ޖެހޭނެއެވެ. މިއީ ދަތްތައް ވަރަށް ބޮޑަށް ސާފުކޮށްދޭ އެއްޗެކެވެ.

ލުނބޯތޮށި:

ލުނބޯއަކީ އެއްޗެހި ދޮންނަން ބޭނުންކުރާ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ. ދަތްތަކުގައި ލުނބޯގެ ތޮށި އުނގުޅުމަކީ ދަތްތައް ވަރަށް ރީތި ކޮށްދޭނެ ކަމެކެވެ.

ސްޓްރޯބެރީ:

ސްޓްރޯބެރީއަކީ ތިބާއަށް ކަމުދާ މޭވާއެއް ހެއްޔެވެ؟ އެހެންވިއްޔާ ނަސީބު ރަނގަޅެވެ. ސްޓްރޯބެރީ ކެއުމުން ދަތްތައްވެސް ހުދުވާކަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ. ސްޓްރޯބެރީ ކެއުމުން ދަތްތައް ހުދު ކޮށްދެނީ އޭގައި އެކުލެވިގެންވާ އެންޓި އޮކްސިޑެންޑް ތަކުގެ ސަބަބުންނެވެ.

ބޭކިން ސޮޑާ:

ބޭކިން ސޮޑާ އަކީ އެއްޗެހި ސާފު ކުރުމަށް އެހީތެރިވެދޭ އެއްޗެއްކަން ގިނަ މީހުން ދަނެއެވެ. ތިބާގެ ދަތްތައް ހުދު ކުރުމަށްވެސް ބޭކިން ސޮޑާ އަކީ ބޭނުންކުރެވިދާނެ، މުހިންމު އެއްޗެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...