"ކައުންސިލު އިންތިހާބަކީ ގައުމު ސަލާމަތް ކުރަން ލިބޭ ރަނުގެ ފުރުސަތެއް"

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަކީ ގައުމު ސަލާމަތް ކުރުމަށް ރައްޔިތުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އިބްރާހީމް ޝުޖާއު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކައުންސިލު އިންތިހާބުގެ މުހިންމު ފާހަގަކުރައްވައި، އެ އިންތިހާބަކީ ރާއްޖެ ސަލާމަތް ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ހެއްދުމަށް އިލްތިމާސް ކުރައްވައިފައެވެ.

އޭނާ ވަނީ އިދިކޮޅަށް ތާއީދު ކުރާ މެމްބަރުން އެ އިންތިހާބަށް ތައްޔާރުވުމަށް ގޮވާލައްވައިފައެވެ. ޝުޖާއުގެ ޓްވީޓުގައި ވަނީ ސަރުކާރު ކޯލިޝަނަކީ "އެމްޑީއެން" ކޯލިޝަނުގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެގޮތުން، "އެމްޑީއެން ކޯލިޝަނަށް" ނޫނެކޭ ބުނުމަށް ޝުޖާއު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮތީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުއެވެ. އެ އިންތިހާބާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދޮގު ވައުދުތައްވާނެ ކަމަށާއި، އެކަންކަމަށް ސަމާލުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުންނަށް ގޮވާލައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...