ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ޖެލީން ހާއްސަ ޕްރޮމޯޝަނެއް ފަށައިިފި

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ޖެލީގެ ފަރާތުން 50،000ރ. ފައިސާގެ އިނާމާއި އެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސުކޫލް ބަންދާއި ދިމާކޮށް ޖެލީން ކުރިއަށް ގެންދާ ޕްރޮމޯޝަންއަކީ 4 ޑިސެންބަރ އިން 12 ޖެނުއަރީގެ ނިޔަލަށް ހިންގާ ޕްރޮމޯޝަންއެކެވެ. އެގޮތުން ހެންވޭރުގައި ހުންނަ ޖެލީގެ އައުޓްލެޓުން ޕިއްޒާއެއް ބައްލަވައިގެން ލިބޭ ބިލުކޮޅު އައުޓްލެޓުގައި ހާއްސަކޮށްފައިވާ ފޮށިތެރެއަށް ލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ޗެނަލް 13އަށް މައުލޫމާތު ދެއްވަމުން ޖެލީއިން ހާމަކުރި ގޮތުގައި ޓޭކްއަވޭއިން ނަގާ އެއްޗެހީގައި ޕްޒާއެއް ބައްލަވައިގަންނަން ޖެހެއެވެ. އަދި އެ ބިލްގައި ފުރިހަމަ ނަމާއި އެޑްރެސް ރަނގަޅަށް ލިޔެވިފައި ހުރިކަން ޔަގީން ކުރުމަށް އެބޭފުޅުން އިލްތިމާސް ކުރައްވައެވެ. މީގެ އިތުރުން ޖެލީގެ ރެސްޓޯރެންޓް ކަމަށްވާ " ދަ ޑޯ ބައި ޖެލީ" ގައިވެސް އެކަމަށް ހާއްސަކޮށް ފޮއްޓެއް ބެހެއްޓިފައިވާނެ ކަމަށް ޖެލީއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ނަސީބު ވެރި ފަރާތެއް ހޮވުން އޮންނާނ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 20:00 ގައި ކަމަށް ޖެލީގެ ފަރާތުން މައުލޫމާތު ދެއެވެ.

ޖެލީއިން ހިިންގާ މިފަދަ ހުރިހާ ޕްރޮމޯޝަން ތަކަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ފުޅާދާއިރާއެއްގައި ޕިއްޒާ ވިއްކާ "ޖެލީ" އިން "ދަ ޑޯ ބައި ޖެލީ" ގެ ނަމުގައި ވަނީ މިހާރު މާލޭގައި ރެސްޓޯރެންޓް އެއްވެސް ހުޅުވާފައެވެ. މާލޭގެ އެކި ހިސާބުތަކުގައި ޖެލީގެ 4 އައުޓްލެޓް ހުރެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...