ކައުންސިލަރުންގެ ދައުރު 5 އަހަރަށް ބަދަލުކޮށްފި!

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އިންތިޚާބު ކުރަން ފެށި ކައުންސިލަރުންގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކޮށްފިއެވެ.

ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަސްދީގު ކުރައްވާފައެވެ. ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރުން ހިމެނެއެވެ. އަދި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެއެވެ.

އަންނަ އޭޕްރިލް މަހު އޮންނަ ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ކަނޑައާޅާފައި ވަނީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ. އެހެން ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ ކައުންސިލަރުންނަށް މާލީ ބާރުވެރިކަން ހޯދައިދުނުމަށް އެކަށޭނެ ބަޖެޓެއްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...