އޭދަފުށީ ރައްޔިތުންގެ އަޑު: ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރޭ!

ބ.އޭދަފުށި ރައްޔިތުން ރައީސް ޔާމީން މިނިވަންކުރުމަށް ސުލްހަވެރިކަމާއެކު އަޑު އުފުލަނީ: ފޮޓޯ ޗެނަލް 13 ފައިލް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ އަނިޔާވެރި ސިޔާސީ އަދި ޒާތީ ތައައްސުބުން ފުރިގެންވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލައި ބ.އަތޮޅު އޭދަފުށި ރައްޔިތުން ސުލްހަވެރިކަމާއިއެކު އަޑު އުފުލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ އަނިޔާވެރި އަދި ހަސަދައިން ފުރިގެންވާ ހުކުމެއްކަން ފާހަގަކޮށް އޭދަފުށި ރައްޔިތުން އަޑު އުފުލާފައިވާއިރު އަދުގެ ސަރުކާރުން އެމަނިކުފާނު ޖަލު ގޮޅީގައި ގެންގުޅެނީ ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތަކުގެ ވާހަކަތައް އިދިކޮޅު އެންމެ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ހުންނަވައި ރައީސް ޔާމީން ދައްކަވާތީކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ރައީސް ޔާމީނަކީ ލާދީނީ ފިކުރާއި ދެކޮޅަށް މަސައްކަތްކުރައްވާ ހަމައެކަނި ސިޔާސީ ލީޑަރަށް ވެފައި އަދުގެ ސަރުކާރުން ހިންގާ ލާދީނީ ހަރަކާތައް ފަސޭހަކަމާއެކު ހިންގުމަށް އެމަނިކުފާނުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރަމުން ގެންދާކަންވެސް އެފަރާތްތަކުން ވަނީ މި ސުލްހަވެރި ހިނގާލުމުގައި ފާހަގަކޮށްފައެވެ.


ރައީސް ޔާމީން ޖަލަށް ލައިގެން އުޅޭ އިތުރު ސަބަބުތަކުގެ ތެރޭގައި އޭދަފުށީ ރައްޔިތުން ފާހަގަކޮށްފައިވަނީ ސަރުކާރުން ރޯމާ ދުވާލު ބައިތުލް މާލުން ފަސޭހަކަމާއެކު ވައްކަން ކުރުމަށާއި، ރައްޔިތުންނަށް ވަގަށް ގާތް ތިމާގެ މީހުންނަށް ފައިސާ ބެހުމަށާއި އަދި ސިޔާސަތުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ދޮގުތައް ހަދައިގެން ރައްޔިތުން ގުނބޯ ހެއްދުމަށެވެ.


ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފެއިލް ވެފައިކަން ފާހަގަކޮށް އޭދަފުށީ ރައްޔިތުން ވަނީ ރައީސް ސޯލިހު އިސްތިއުފާ ދެއްވައި ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރުމަށް ގޮވާލާފައެވެ.


އޭދަފުށީ ރައްޔިތުން ރައީސް ޔާމީން މިނިވަން ކުރުމަށް އަޑު އުފުލާފައިވާއިރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމްވެސް ވަނީ އެމަނިކުފާނުގެ ފުރާނަ ހުރިހާ ހިނދަކު ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ސަލީމް ވަނީ ރައީސް ޔާމީނަކީ ގާނޫނުގެ ތަރަހައިގެ ތެރެއިން ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރެއްވި ހަމައެކަނި ރައީސް ކަންވެސް ފާހަގަކުރައްވާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...