އެމްޑީއެން އުވާލައިގެން ނުވާނެ ރައީސް ނަޝީދު ވިދާޅުވެއްޖެ

އެމްޑީއެންގެ ކުރީގެ ޗެއަރޕާސަން ނޫޝިން އާއި ކުރީގެ ރައީސް ނަޝިދު

މާތްވެގެންވާ އިސްލާން ދީނާއި ކީރިތި ގުރުއާން އަދި ކައު ސާހިބާއަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެން އުވާލައިގެން ނުވާނެ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މައްޗަށްގޯޅި މެދު ދާއިރާގެ މެމްބަރު އަދި އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އަކީ ސަރުކާރުގެ މަތީ މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން ހިންގާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާއިން ވަނީ އިސްލާން ދީނާއި ކީރިތި ގުރުއާން އަދި ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އެކަންކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލާފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީއެންއިން ލާދީނީ ރިޕޯޓެއް ނެރުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އެކަން ކުއްވެރި ކުރިނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރެއްގެ މަތިން އެމްޑީއެން އެ ރިޕޯޓުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ރިޕޯޓުގައި މައްސަލައެއް ނެތް ކަމަށާއި އެއީ އެހެން ބަހަކުން ލިޔުނު ރިޕޯޓަކަށް ވުމުން ފުށުން އެރުން ހުރީ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އެތަކެއް ރައްޔިތުންގެ ކަންބޮޑުވުން އޮތް ނަމަވެސް ނަޝީދު އަނެްކާވެސް މިވަނީ އެމްޑީއެންގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެން އުވާލުމާއި ގުޅޭގޮތުންނާއި ދީނީ ކަންކަން ކުރި އަރުވަން މަސައްކަތްކުރާ ސަލަފު ޖަމްއިއްޔާ އާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވަނީ އެމްޑީއެން އާއި ސަލަފް ޖަމްއިއްޔާވެސް އުވާލައިގެން ނުވާނެ ކަމަށް ވިދާޅުވެ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

އެމްޑީއެން އުވާލުމަށް ދެކޮޅު ހައްދަަވަމުން ނަޝީދު ވިދާޅުވީ ޖަމްއިއްޔާތަކަށް ކުށް ނުކުރެވޭނެ ކަމަށާއި ޖަމްއިއްޔާތައް އުވާލުމަކީ ވަރަށް ވިޔާނުދާކަމެއް ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާއިން ލިޔުނު ދީނާއި ހިލާފު ރިޕޯޓަކީވެސް އެ ރިޕޯޓު ލިޔުނު މީހުން އިނގިރޭސި ބަސް ބޭނުން ކުރި ގޮތުން ދީނާއި ހިލާފު ވާހަކަތަކެއް ދެއްކިފަ އޮތީހެން މީހުންނަށް ހީވީ ކަމަށް ބުނެ ނަޝީދު ވަނީ ކުރިން ވެސް ވަނީ ތަކުރާރުކޮށް އެމްޑީއެންގެ ލާދީނީ ރިޕޯޓުގެ މައްސަލައެއް ނެތްކަން ހާމަކުރަން މަސައްކަތް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަލަފް ޖަމްއިއްޔާ އުވާލަން ދެކޮޅުކަމުގައި ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ވަނީ ސަލަފް ޖަމްއިއްޔާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޖަމްއިއްޔާ އުފައްދަން ހުއްދަ ދެއްވީ ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން ނަޝީދު ވަނީ އެގޮތަށް ފިޔަވަޅު އަޅަން ދުވަހަކުވެސް ވިދާޅުނުވާކަމަށް ބުނެ އަނެއްކާވެސް އިތުރުފުޅު ހައްދަވާފައެވެ.

ދިވެހި ރައްޔިތުންގެ ބައިތުލް މާލުން މުސާރަދީގެން ސަރުކާރުގެ މަތީ މަގާމުތަކުގައި ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެންގެ މީހުން ތިބުމާއި ގުޅިގެން ރާއްޖޭގެ ގިނަ ރައްތަކެއްގައި ސުލްހަވެރި އިހުތިޖާޖުތައް ކޮށްފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އެކަމުގައި އެ ޕާޓީއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް އަމުރުކޮށް ވަނީ ބަޔާނެއް ނެރެފައެވެ. އެހެން ނަމަވެސް މަޖުބޫރީ ހާލަތުގައި ވެސް ރާއްޖޭގެ ސަތޭކަ ސާޅީހަށްވުރެ ގިނަ ކައުންސިލުން ވަނީ އެކަމާއި ދެކޮޅަށް ބަޔާން ނެރެފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...