ހައްޔަރު ކުރީ ސީޕީ ހަމީދުގެ އޯޑަރަށް: ލަމްއާން

ޗެނަލް 13 ގެ ސީއީއޯ މުހައްމަދު ލަމްޢާން އަނިޔާވެރި ގޮތަކަށް ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އޯޑަރަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަލްމާނީ ފިކުރާ ދެކޮޅަށް ވަކާލާތު ކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނުހައްގުން އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ސުލްހަވެރި ހިނގާލުމެއްގައި ޗެނަލް 13 ގެ ސީއީއޯ މުހައްމަދު ލަމްއާން އަނިޔާވެރިގޮތަކަށް ހައްޔަރުކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އޯޑަރަށް ކަމަށް އޭނާ ވިދާޅުވީ ފުލުހަށް ހާޒިރުކުރުމަށް ފަހު ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަވިއުއްގައެވެ. އޭނާ ވަނީ ސީޕީ ހަމީދަކީ ސަރުކާރުން ހިތުހުރިހާ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ލާފައި ހުރި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

ލަމްއާން ވިދާޅުވީ ގާނޫނީ އެއްވެސް ކުށެއް ނުކޮށް ސުލްހަވެރިކަމާއެކު ހިނގާލުމުގެ ތެރޭގައި ހުއްޓައި އަނިޔާވެރިގޮތަކަށް ދަމާ ހަލާ ގެންގޮސް 24 ގަޑިއިރުވަންދެން ބަންދުކޮށްފައި ބެހެއްޓުމަކީ އަނިޔާއެއް ކަމަށެވެ. ލަމްއާން ވަނީ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ކުރެވިގެންދިޔަ ހުކުމާގުޅޭގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތް ޗެނަލް 13 އަށް ހިއްސާކުރައްވާފައެވެ. 

ރައީސް ޔާމީނަކީ އަލްމާނީ ފިކުރު ނުވަތަ ލާދީނިއްޔަތާއި ދެކޮޅަށް ފާޅުގައި ބަސްފުޅު ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ލާދީނީ ފިކުރުގެ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅައި އެފަދަ ހަރަކާތްތައް ހިންގުން ހުއްޓުވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...