މަޑިސީލަ ޕްރޮގްރާމްގެ ޕްރެޒެންޓަރުން ހައްޔަރުކުރީ "ހަޖަމު ނުވެގެން": ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަހްުމަދު ޝިޔާމް

ޗެނަލް13ގެ ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލް ޕްރޮގްރާމް ކަމުގައިވާ "މަޑިސީލަ" ޕްރޮގްރާމް ހުށަހަޅާދޭ ޕްރެޒެންޓަރުން ހައްޔަރުކުރީ ސަރުކާރަށް އެ ޕްރޮގްރާމް ހަޖަމު ނުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޗެނަލް13އިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން، ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ވެފައިވަނީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވެސް އެންމެ ގިނައިން ބަލާ އެއް ޕްރޮގްރާމަށެވެ.

މަޑިސީލަ ޕްރޮގްރާމް ހުށަހަޅާދޭ ހަތަރު ޕްރެޒެންޓަރުން ހައްޔަރު ކުރުމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރެޒެންޓަރުން ހައްޔަރު ކުރީ މަޑިސީލަ ޕްރޮގްރާމް ސަރުކާރަށް "ހަޖަމު" ނުވެގެން ކަމަށެވެ. ޝިޔާމް އެހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ވިދާޅުވެ، އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ.

އެހެންނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބެނީ ހަމައެނި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކާ މީހުންނަން އެކަނި ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. މަޑިސީލަ ޕްރޮގްރާމްގެ ޕްރެޒެންޓަރުން މިރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...