އަޅުގަނޑު ނެތަސް މިނިކާ ބާޒުތައް ކޯލިޝަނަށް ސަވާރުވުމުގެ ފުރުސަތު ނުދޭތި: ރައީސް ޔާމީން

ކޮންގްރެސް ކޯލިޝަނުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މުހައްމަދު އައުޒަމް ވަން އޮންލައިން

ސަރުކާރުގެ ނުފޫޒާއި އެއްގޮތަށް ޖަލުގައި ބަންދުކޮށްފިނަމަ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ވެރިވެގަންނަން އަންނަ މިނިކާ ބާޒުތަކަށް ފުރުސަތު ނުދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގަންނަވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންސާފުވެރި ޝަރީޢަތެއް ކޮށްފިނަމަ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެ ކަމަށާއި ނަމަވެސް ކަންކަންވާގޮތުން ދެރަގޮތެއްވުން ވެސް އެކަށީގެންވާ ކަމަށެވެ.  އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ބޭރުން އަންނަ މިނިކާ ބާޒުތަކަށް ކޮންގްރެސް ކޯލިޝަނަށް ވެރިވުމުގެ ފުރުސަތު ނުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވާ ބަސްފުޅު ތަކުރާރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންގެ ކަރަށް ދަންމަޅިއެއް މަހާލައިގެން ކުރިއަށް އެގެންދަނީ އިންސާފުވެރި ޝަރީޢަތެއް ނޫން ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ރައީސް ޔާމީން ވަނީ ބައެއް ކަހަލަ މިސާލުތައް ދައްކަވާފައެވެ.

ޔާމީން ވިދާޅުވީ މިހާރު އޮތް ފަނޑިޔާރު ގޭގައި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދިނުމުގެ ބޭނުމެއް ނެތް ކަމަށާއި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދޭން ޖެހެނީ އާއިލާ އާއި ސަޕޯޓަރުންނަށް އެކަނި ކަމަށެވެ. އެގޮތުން އެކަންވެސް ކޮށްދެވިއްޖެ ކަމަށާއި ސަރުކާރުން ޖަލަށް ލަނީ އިދިކޮޅަށް އިހުތިޖާޖުކޮށް ކުރާ މަސައްކަތް ކަމަށާއ މިހާރު ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސާބިތު ނުހިފޭ ހެކިތަކެއްގެ މައްޗަށް ރިއާޔަތްކޮށް ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާގެ ޝަރީއަތް ބައްލަވާ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ޙުކުމް އިއްވުމަށް މިއަދު މެންދުރުފަހު 13:30 ގައި އަޑު އެހުމެއް ވަނީ ތާވަލްކޮށްފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...