ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ހަތަރުވަނަ ގިޔަރަށް ލައިފި!

ޕްރޮސެކިއުޓަރަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ޕީޖީ ބިޝާމް މަގާމުން ވަކި ކުރަން ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ. އެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ތެރެއިން އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ ފިޔަވާ އެންމެން ވޯޓު ދެއްވިިއެވެ.

އެއާއެކު ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން އެ ހުށަޙެޅުން ވަނީ ފާސްވެފައެވެ. ކޮމިޓީގެ ނައިބް މުހައްރިރު މޫސާ ސިރާޖް ވިދާޅުވީ ކުރީ ފަހަރުތަކުގައި ބިޝާމްގެ މައްސަލަ ކުރިއަށް ނުދިޔަކަމުގައި ވީނަމަވެސް މިފަހަރު ބިޝާމް ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ.

އަދި މަޖިލީހުގެ މިހާރުގެ ގަވާއިދު ހަމަޖެހިފައިވާގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މިކަން ގެނެސް ކޮމިޓީން ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ބިޝާމް މަގާމުން ވަކި ކުރަން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހި ނިންމިއެވެ. ނަމަވެސް ފަހުން ކޮމެޓީން ވަނީ އެ ބާތިލްކޮށްފައެވެ.

ބިޝާމް މަގަމާުން ވަކި ކުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...