ތުއްތު ކުދިންތަކެއްގެ މަރުތަކުގެ ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހޭ: ޝުޖާއު

ނިމިގެންދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިނގި ތުއްތު ކުދިންތަކެއް މަރުގެ ސަބަބު ސަރުކާރުން އޮޅުންފިލުވައި ދޭން ޖެހޭ ކަމަށް ކޮންގްރެސް ޕާޓިގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ހިތާމަވެރި ހާދިސާތައް މެދު ކެނޑުމެއްނެތި ހިނަގަމުން އަންނަ ނަމަ އެ ވެރިކަމަކީ ހެޔޮ ވެރިކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ.

އަދި ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިގައި ހިފި އެއް ވައުދުކަމުގައިވާ އަލަށް ވިހާ ކުދިންނަށް ދޭން ވައުދުވި ހަދިޔާ ފޮށިވެސް އަދިވެސް ނުދެވިގެން އުޅޭއިރު، ދުނިޔެ އާ އަލްވަދާއު ކިޔާ އެ ތުއްތު މައުސޫމު ފުރާނަތއް ގެއްލިގެން ދިއުމުން އާއިލާތަކަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ގެއްލުންތަކާ މެދު ސަރުކާރުން ބަސް ބުނަން އެބަ ޖެހޭ ކަމަށެވެ.

އަދި މިހާރު ހިނގަމުން ދާ ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށްވެސް ޝުޖާއުގެ ޓްވީޓުގައި ރުޅިވެރި މޫނެއްގެ އިމޯޖީއާ އެކު ވިދާޅުވެފައިވެއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި އައިޖީއެމުއެޗުގައި މާބަނޑު އަންހެނުންގެ ބަޑަށް ދަރިފުޅު މަރުވުމުގެ ހާދިސާތަކަކާ އަދި ވިހެމަށް ފަހު ކުދިން މި ދުނިޔެ ދޫކުރުމުގެ މައްސަލަތަކެއް ފެންމަތިވެގެން ގޮސްފައިވެއެވެ.

އަދި އެކަމާ ގުޅިގެން އާންމުގެ ނުރުހުން ވަނީ މި ސަރުކާރަށް އަމާޒުވެފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ ފާއިތުވެގެން ދިޔަ ދިޔަ 10 މަސް ދުވަހުގެ ތެރޭގައި ނިއު ބޯނު ޑެތުސް އާ އަދި ޕްރީ ނެޓަލް ޑެތުސްގެ ގޮތުގައި 72 ހާދިސާއެއް ހިނގާފައިވާ ކމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މި ފަހުގެ ތާރީޚެއްގައިވެސް ރާއްޖޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގި ފަހަރެވެ.

ރައްޔިތުން ބުނަމުން ގެންދަނީ ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ފުރިހަމަ ސިއްހީ ނިޒާމު ބަޔަކު ނައްތާލަން ބަޔަކު މަސައްކަތް ކުރަމުން އަންނައިރު އޭގެ ގެއްލުން ލިބެމުން ދަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...