އިލްމުވެރިން މީހުން މަރަން ހިތްވަރެއް ނުދޭނެ: ޑރ.ޝަހީމު

ރާއްޖޭގެ ދީނީ އިލްމުވެރިން އެއްވެސް މީހަކު މަރަން ހިތްވަރު ނުދޭނެ ކަމަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރެލްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤު ކުރި ރިޔާސީ ކޮމިޝަނަށް ޝަހީމް ދޮގު މައުލޫމާތު ދެއްވި ކަމަށް އެކޮމިޝަނުން ތުހުމަތުކޮށްފައި ވަނިކޮށް ޑރ. ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވަޒީރުކަމުގައި މަސައްކަތް ކޮށްފައިވާނީ އިލްމުވެރިން އެއްގަލަކަށް އަރުވައި، ޚިޔާލުތަފާތުވުން ކުޑަކޮށް، ސުލްހަވެރިކަމާއި އެކު މަޝްވަރާ ކުރުމުގެ ވެއްޓެއް އުފެއްދުމަށް ކަމަށެވެ.
އަދި ހަރުކަށި ޚިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް ވެސް ގިނަ މަސައްކަތް ކޮށްފައި ވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
raajjeyge islami ilmuverin evves meehaku maraakah hivvareh nudheyne eve, raajjeyge ilmu veringe medhugai huri eki khilaafu thakaki ilmee khilaafu thakekeve, e,ee ehen dhaairaathakuge ilmuthakuge ahuluveringe medhugai ves hunna madhurasee khilaaf thah fadha khilaaf thakeve.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 18, 2019
ޑރ. ޝަހީމުގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއަކު މީހަކު މެރުމަށް ހިތްވަރު ނުދޭނެ ކަމަށެވެ. އަދި އިލްމުވެރިންގެ މެދުގައި ހުރި އެކި ޚިލާފުތަކަކީ އިލްމީ ޚިލާފުތަކެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައިވެސް ހުންނަ މަދަރުސީ ޚިލާފުތައް ފަދަ ޚިލާފުތަކެއް ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
alhuganduge vazeerukamugai masakkay koffa vaanee ilmuverin eh galakah aruvai, khiyaalu thafatahu vun kudakoh, sulhaveri kamaa eku mashvaraa kurumuge vetteh ufedhumasheve. adhi harukashi khiyaaluge meehun fikuree gothun rangalhu bayakah hedhumah gina masakkay koffa vaane eve,.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 18, 2019
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ސަލަފް ޖަމިއްޔާ އިން ބަޔާނެއް ނެރެފައިވުމުން އެކަމާ އަފްރާޝީމްގެ މަރާއި ގުޅުވަން ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރުމުން އިލްމުވެރިންގެ ފާޑުކިޔުންވަނީ ރިޔާސީ ކޮމިޝަނަށް އަމާޒުވެފައެވެ.
މީގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް އޮތްކަމަށް ދެއްކުމަށް ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ބުނެވެސް އިލްމުވެރިންނާއި އާއްމުން ގެންދަނީ އެ ކޮމިޝަނަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ އަނިޔާވެރި އަމަލެއްގައި ޝަހީމްގެ ބައިވެރިވުމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް ސީދާ އޮތްކަމަށް ރިޔާސީ ކޮމިޝަނުން ވެސް ނުބުނެއެވެ. ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތްތެރިވާ "ޖިހާދީ ޖަމާޢަތުން" ކަމަށެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.