ހުއްޓުވަން އުޅުނަސް ނުހުއްޓުވޭނޭ، އިރާދަކުރެއްވިއްޔާ ދައުވާ ކާމިޔާބު ކުރާނަން: ރައީސް ޔާމީން

މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތާއެކު ދައުލަތުން އުފުލާފައިވާ ސިޔާސީ ދައުވާގެ ޝަރީއަތް ކާމިޔާބު ކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

'ފުނޑާލައިފި' ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނ އެމަނިކުފާނަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ކަންބޮޑު ނުވުމަށް އެދިޥަޑައިގަންނަވާފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ކުރާ ސިޔާސީ ދައުވާއަށް ރައްޔިތުން ގޮތެއް ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދައުވާ ކާމިޔާބު ކުރާނަނަން! ކަންބޮޑު ވެ ނުލައްވާ. ރައްޔިތުންގެ ދަރުބާރުން މިމައްސަލައިގައި ހުކުމް ކޮށްފި. އެ ހުކުމް ގަބޫލު ނުކުރެވުނީމަ ގާޒީވެސް ނަގާ އެއްލާލައިފި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް މިމަހުގެ 5 ވަނަ ދުވަހު ކުރަން އުޅުނީ އަދުލުވެރި ހުކުމެއް ކަން އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުކުރައްވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ޝަރީއަތައް ނުފޫޒު ފޯރުވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު ލައްވާ އެ ދައުވާއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާގެ ޝަރީއަތައް ނުފޫޒު ފޯރުވައިގެން އިންސާފުން ބޭރުން ހުކުމެއް ކުރިޔަސް ރައްޔިތުން މާޔޫސް ނުވުމަށް އެދިވަޑައިގަންނަވާފައެވެ.

"އަޅުގަނޑާ ދޭތެރޭގައި ދެރަގޮތެއް މިންވަރުކުރައްވައިފިނަމަ ގަބޫލު ކުރައްވާތި، އެއީ ވަގުތީ ކަމެއް. މާޔޫސްވެވަޑައި ނުގަންނަވާތި. ކުރިޔަށް ހިތްވަރު ނެރެ ގިޔަރު މައްޗަށް ޖައްސަވާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެ މައްސަލައިގެ ހުކުމް ކުރުމަށް މި މަހުގެ 5 ވަނަ ދުވަހު ތައްޔާރުވަމުން ދަނިކޮށް ކުއްލިގޮތަކަށް އޭނާ މަގާމުން އެކަހިރިކޮށް ޝަރީއަތަށް ނުފޫޒު ފޯރުވާފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...