ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހެން- ރައީސް ޔާމީން

ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ދިވެހި ޤައުމުގެ ބައިތުލްމާލުގައި ހުރި ފައިސާއިން އެންމެ ފައިސާ ފޮއްޗެއްގައިވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެޝަރީޢަތް ހިންގަމުންދަނީ އޮޅުވާލައިގެން، ނުބައި ތަހުގީގެއް ހިންގުމަށްފަހު ކަމަށެވެ.

އަދި ޝަރީޢަތް ކުރަނީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އިންސާފުވެރި ޝަރީޢަތެއް ކޮށްފިނަމަ، އެމަނިކުފާނުގެ މަޢުސޫމްކަން ހާމަވެގެންދާނެ ކަން ޔަޤީންކުރެވޭ ކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ އެމަނިކުފާނާ ދޭތެރޭ ސަޕޯޓަރުން ނުވިސްނުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނަށް ހުކުމެއް އަތުވެދާނެ ކަމާ މެދު މާޔުސް ނުވުމަށް އިލްތިމާސް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ބައިތުލްމާލުން އެންމެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުއްވާ ކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ﷲގެ އިރާދަފުޅުން ކަންބޮޑުވާކަށް ނުޖެހެޔޭ. އަޅުގަނޑު ކަންބޮޑެއްނުވޭ އަޅުގަނޑު ބައިތުލްމާލުން އެންމެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ. އަޅުގަނޑުގެ ނަފްސުގެ މުއްސަނދިކަން މާ ބޮޑުވާނެ." ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ފެށިގެން އަންނަނީ ރައީސސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހުއާ ހިސާބުން ކަމަށެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންގެ މައްސަލަ ބަލަން ތިބި މީހުންގެ ފަސްބައި އޮތީ ކިސަނޑު ވެފައި ކަމަށެވެސް ރައީސް ޔާމީން ވިދާޅުވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...