"ރައީސް ސޯލިހު ރިޝްވަތު ބެއްސެވި، ފައިސާ ނެންގެވީ ޖާބިރު އަތްޕުޅުން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޝްވަތުގެ ފައިސާ ބެއްސެވީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތްޕުޅުން ފައިސާ ނަންގަވައިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ މައްޗަށް އޭނާ ކުރައްވަމުން ގެންދާ ކޮރަޕްޝަންގެ ތުހުމަތުތައް ތަފްސީލު ކޮށްދެއްވައިފައެވެ.

"އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރިޝްވަތު ނަގާފައި. އަޅުގަނޑަށް އެކަން އެނގެނީ އަޅުގަނޑުގެ އަތުން ފައިސާ ނަގައިގެންނޭ ރިޝްވަތު ޑިސްޓްރިބިއުޓް ކުރީ." ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ޖާބިރު ތަކުރާރުކޮށް ދައްކަވަމުން ފެއްޓެވުމުން އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިގެން ޖާބިރުގެ ވާހަކަފުޅަށް ހުރަސް އަޅުއްވާފައެވެ. ޖާބިރު ވަނީ ސަރުކާރުން އެއް ބިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޭ ވިދާޅުވާން ރައީސް ސާލިހު ލަދުގަންނަން ޖެހޭނެ ކަމަށާއި އެމަނިކުފާނަކީ މަކަރާއި ހީލަތުން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...