ރެއިންބޯގެ އަހަރީ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެއިންބޯގެ އަހަރީ ސޭލްގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޗެނަލް13

ރެއިންބޯއަށް 29 އަހަރު ފުރިގެން ބޭއްވި އަހަރީ ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.

01 އޮކްޓޯބަރ އިން ފެށިގެން 31 އޮކްޓޯބަރގެ ނިޔަލަށް ރެއިންބޯއިން ކުރިއަށް ގެންދިޔަ މި އެނިވާސަރީ ސޭލްގައި ރެއިންބޯގެ އައްޑޫގައި ހުޅުވާފައިވާ އައުޓްލެޓް ފިޔަވާ އެހެން ހުރިހާ ތަނެއްގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ އޮފީސް ސިސްޓެމް އަދި ރެއިންބޯ އޮންލައިން ސްޓޯރ ހިމެނެއެވެ.

ރެއިންބޯ ބިލްޑްވެއާގައި ކުރިއަށްދިޔަ ހަފްލާގައި ނަސީބުވެރިންގެ ނަންތައް ނަގާފައިވަނީ ރެއިންބޯ ބިލްޑްވެއާ ޝޯރޫމްގެ މެނޭޖަރ ޖަވާދު މުހައްމަދެވެ.

ފައްސަތޭކަ ރުފިޔާއިން ފެށިގެން މަތިން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކެއް ކޫޕަން ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ މި އަހަރީ ސޭލްގައި ވަނީ ނަސީބުވެރި ތިން ފަރާތެއް ހޮވާފައެވެ. އެގޮތުން ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ ޝާފިއު ( 299895) މުުހައްމަދު ނީލު ( 458065) ޖައުފަރު (076590) އެވެ.

ރެއިންބޯ އެނިވާސަރީ ސޭލް 2019ގައި ހޮވި ނަސީބުވެރިންނަށް ލިބުނު އިނާމު އަންނަ ހަފްތާގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ރެއިންބޯއިން މައުލޫމާތުދެއެވެ. އެގޮތުން ނަސީބުވެރި ފަރާތުން އިނާމާއި ހަވާލުވާން އަންނައިރު އޮރިޖިނަލް ކޫޕަންކޮޅު އަދި އައިޑީކާޑު ގެންނަން ޖެހޭނެ ކަމަށްވެސް ރެއިންބޯއިން ބުނެއެވެ. އަދި އެންމެ ލަސްވެގެން ތިން މަސް ދުވަހުގެ ތެރޭގައި ނަސީބުވެރި ފަރާތްތަކުން އިނާމާއި ހަވާލުވާން ޖެހެއެވެ.

މިއީ ރެއިންބޯއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ސޭލްއެކެވެ. މި ފަހަރުގެ ސޭލްގައިވަނީ އޮންލައިންކޮށް ވިޔަފާރި ކުރި ފަރާތްތަކަށްވެސް ސޭލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...