އަދުލު އިންސާފުގެ ނިޒާމް އޮތީ ދެ މަޑޫ ދޭތެރޭ ނޭވައި ހޮޅިއަށް އެޅިފައި: ހަސަން މުފީދު

ތިންބާރު ވަކިވެފައި އޮތް ޔުނިޓަރީ ދައުލަތެއްގައި އަދުލު އިންސާފުގެ ބާރު ދެ މަޑޫ ދޭ ތެރެއަށް ފިތި ބާރުވެ ނޭވައި ހޮޅިއަށް އެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އެމްޕީ ހަސަން މުފީދު މިހެން ވިދާޅުވެފައި މިވަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް އަތް ބާނާ ނުފޫޒު ފޯރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން ދިވެހި ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ހަސަންގެ ޓްވީޓްގައި ވިދާޅުވީ ތިންބާރު ވަކިވެފައި އޮތް ޔުނިޓަރީ ދައުލަތެއްގައި އަދުލު އިންސާފުގެ ބާރު ދެ މަޑޫ ދޭތެރެއަށް ފިތި ބާރުވެ ނޭވައި ހޮޅިއަށް އެޅިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ގިޔާމަތް ދުވަހު މަހުސަރުގެ މައިދާނުގައި ސަލާމަތުގެ އައްސޭރިއަށް ވާސިލް ވެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ފަނޑިޔާރުންގެ އަދަދާމެދު  ސުވާލު އުފައްދަވާފައެވެ.

ހަސަން މުފީދުގެ ޓްވީޓުގައި މިފަދައިން އިޝާރާތް ކުރައްވާފައި މިވަނީ ފަނޑިޔާރުން ކުރައްވާ ހުވަޔާއި ޚިލާފަށް އިއްވާ ހުކުމް ތަކުގެ ސަބަބުން ފަނޑިޔާރުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ވާސިލު ވެވޭނީ ވަރަށް މަދު އަދަދެއްގެ ފަނޑިޔާރުން ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައި ވުމާއި ދީނީ ޢިލްމުވެރިންގެ ފަތްފުތް ތަކުން އެކަން އެނގެން އޮތުމުންނެވެ.

އެމްޕީ ހަސަން މުފީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބޭނުންވާ މަންފާތަކެއް ހާސިލުކުރުމަށް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ދައުރުވަމުން ދިޔަ ފޮޓޯއެއްގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ޖޭއެސްސީގެ ތެރެއަށް އައްޔަން ކުރައްވައިގެން ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި ގިނަ ފަނޑިޔާރުންގެ ތަކެއްގެ ސްލޫކީ މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ އާއި ގުޅުވައިގެން ވެސް ޖޭއެސްސީން ދަނީ ސްލޫކީ މައްސަލައެއް ބަލަމުންނެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވައުދާއެކު އައި ސަރުކާރުން ޖުޑިޝަރީ އާއި ޖޭއެސްސީ ހިޞާރުކޮށްގެން ސަރުކާރުން ބޭނުންވާ ވަކި ކަހަލަ ހުކުމްތަކެއް އިއްވުމަށް މަސައްކަތް ކުރަމުން ދިއުމާއި ޖޭއެސްސީއަށް ގާނޫނުން ލިބިދީފައިވާ ބާރުތަކާއި ޚިލާފަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ގިނަ ރައްޔިތުން ބުނެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...