ދިރާގުގެ ކަސްޓަމަރުންގެ ރުޅިގަނޑު މީސްމީޑިއާގައި ފާޅުކޮށްފި

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ މުވާސަލާތު ކުންފުނި ދިރާގުގެ އިންޓަރނެޓުގެ ހިދުމަތް ހޯދުމުގައި ގިނަ މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ އެކުންފުނީގެ ކަސްޓަމަރުން ހިތްހަަމަނުޖެހުން ފާޅު ކުރަމުން އެބަދެެއެވެ.
ދިރާގުގެ ހިދުމަތް ހޯދަމުން އަންނަ ގިނަ ކަސްޓަމަރުން އެކުންފުނީގެ ހިދުމަތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މީސްމީޑިއާގައި ބުނެފައިވަނީ ދިރާގުން ރައްޔިތުންގެ ފައިސާ އެކި ގޮތް ގޮތުން "ފޭރެމުން" އަންނަ ކަމަށާއި އެކުންފުންޏަށް އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމަށެވެ.
އެގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުން ފަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ކަސްޓަމަރުންނަށް ބަހަނާ ދެއްކިއަސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުނު ކަމަށް ނުވާނެ ކަމަށްވެސް މީސްމީޑިއާގައި ޝުއޫރު ފާޅު ކުރި ބައެއް ކަސްޓަމަރުން ވަނީ ބުނެފައެވެ.
@Dhiraagu can you differentiate between your 50Mbps fiber and ADSL broadband 4Mbps?
— Yaniu Shiyam (@MYaniu) November 10, 2019
I get the same speed from both and i’m not asking for a technician to tell me my use of medium has no issues. 7 years been using your service but you couldn’t provide 7 days. #TakeOnTomorrow
ދިރާގުގެ ހިދުމަތްތަކާ މެދު އެކުންފުނީގެ ކަސްޓަމަރުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނައިރު، އެކުންފުނިން ދޭ އިންޓަރނެޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަަމަށާއި، ދިރާގުގެ ކަސްޓަމަރުންނަށް އިންޓަރނެޓްގެ ހިދުމަތް ލިބޭލެއް ވަރަށް ބޮޑަށް ލަސް ކަމަށް އެކުންފުނީގެ ގިނަ ކަސްޓަމަރުން ބުނެއެވެ.
10th of the month and internet seems to be throttled already.
— ރޝ (@ryyyshh) November 9, 2019
Nooney vaa saabas thi dhehvaa hidhumathah 🙏🏽 @Dhiraagu
ރާގާ ދެކޮޅަށް އެކުންފުނީގެ ކަސްޓަމަރުން މީސްމީޑިއާގައި ޝަކުވާ ކުރަމުން އަންނައިރު، މިދިޔަ އޯގަސްޓަމަހުގައި އެކުންފުނީގެ ހެޑް އޮފީސް ކުރިމަތީގައި ވަނީ އެކުންފުންޏާ ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ. "ސްޓޯމް ދިރާގު"ގެ ނަމުގައި ކުރި އެ މުޒާހަރާގެ ބައިވެރިން ވަނީ ދިރާގުން ދޭ އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ގޮވައިލައިފައެވެ.
ދިރާގަކީ ދިވެހި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ރާއްޖޭގައި އުރީދޫ ކުންފުނިން މުވާސަލާތީ ހިދުމަތް ދޭން ފެށުމުގެ ކުރިން ދިރާގުން ވަނީ މޮނޮޕޮލީގެ ހައިސިއްޔަތުން ރައްޔިތުންނަށް ވަރަށް ބޮޑު އަގުގައި ހިދުމަތް ދީފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.