ޝީ ޖިންޕިންގް ބްރެޒިލް އާއި ގްރީސްއަށް ވަޑައިގަންނަވަން ނިންމަވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގް މި މަހުގެ 10 ވަނަ ދުވަހު ގްރީސް އާއި ބްރެޒިލްއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ ރައީސް ޝީ ޖިންޕިންގް ގްރީސް އާއި ބްރެޒިލްއަށް ޚާއްޞަ ދަތުރުފުޅެއް ކުރައްވަން ނިންމެވީ އެ ދެ ޤައުމުގެ ރައީސުންގެ ދައުވަތަކަށް ކަމަށެވެ. އެގޮތުން މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޚާރިޖިއްޔާއިން ބުނީ ރައީސް ޝީ ޖިންޕިންގް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ގްރީސްއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ވިލާތާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން ޝީ ގެ ދަތުރުފުޅުގައި ގްރީސްގެ ރައީސް އާއި ބޮޑުވަޒީރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޝީ ގްރީސްއަށް ފަހު ބްރެޒިލް އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ ޤައުމުތަކުގެ 11 ވަނަ ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސަމިޓްގައި ޝީ ޖިންޕިންގް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އެ ސަމިޓްގެ ހަވާސާގައި އެހެން ޤައުމުތަކުގެ އިސްވެރިންނާއެކު ބައްދަލުކުރެއްވުންތައް ބާއްވާ ދޭދޭ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައެވެ.

ޝީ އަކީ ކުރީގެ ރައީސް ޔާމީން އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޝީ  ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެ ވަޑައިގެން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ސިނަ މާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...