ރެޑް ވޭވްގެ އަހަރީ ބާޒާރަށް ލިބޭ ތަރުހީބު އިތުރުވެއްޖެ

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން ރެޑްވޭވްގެ ފިހާރަތަކުގައި ފަށާފައިވާ ޚާއްޞަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރެޑްވޭވުން ބުނެފިއެވެ.

މާލެއާއި އަތޮޅު ތެރޭގައި ގިނަ ފިހާރަތަކެއް ހިންގަމުން އަންނަ ރެޑްވޭވް އިން ބުނީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އަހަރީ ބާޒާރުގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި ކަސްޓަމަރުންގެ ފަރާތުން އެކަށޭނަ ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

ރެޑްވޭވުން ބުނީ ކަސްޓަމަރުންގެ ތަރުހީބު ބޮޑުވުމާއި ގުޅިގެން އަހަރީ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު އިނާމްތަކެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ނޮވެމްބަރ 10 ވަނަ ދުވަހުން ފެށިގެން 15 ޖެނުއަރީ 2020ގެ ނިޔަލަށް އެކަން ކުރިއަށްދާނެ ކަމަށެވެ.

ރެޑްވޭވް އިން ބުނީ 200 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަަމަށާއި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ތިންފަރާތެއް ހޮވުމަށްފަހު ފައިސާގެ އިނާމްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 1 ވަނަ އަށް 5000 ރުފިޔާ 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ ނަސީބުވެރިއަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ރެޑްވޭވްގެ އަހަރީ ބާޒާރުގައި 500 ރުފިޔާގެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުން 5 ފަރާތެއް ހޮވުމަށްފަހު ކޮންމެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އިތުރު 10 ފަރާތަކަށް ފަރުނީޗަރ އަދި އިލެކްޓްރޯނިކް އާލާތްތައް ދިނުމަށް ވަނީ ނިންމާފައެވެ.

އަހަރުގެވެސް ފަހުކޮޅަށް އަމާޒުކޮށްގެން ރެޑް ވޭވްގެ ފިހާރަތަކުގައި ކުރިއަށް ގެންދާ އަހަރީ ބާޒާރުގެ ތެރޭގައި މުޅިން އައު ބާވަތްތަކެއް ވަނީ ތައާރަފް ކޮށްފައެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއަރކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އާއި އެކި ބާވަތުގެ އިލެކްޓްރޯނިކްސް އާއި ފަރުނީޗަރގެ ވައްތަރުތައް ވަނީ ތައާރަފްކޮށްފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...