ޔޫރޮޕާ ލީގުގެ ދެ ވަަނަ ބުރަށް ޔުނައިޓެޑް ދަތުރުކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުގައި ޕާޓިޒަންގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދުމަށްފަހު މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ޕާޓިޒަންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ހޯދާފައެވެ. ޔުނައިޓެޑުގެ ކޮޅަށް ނަތީޖާ ބަދަލުކޮށްލަދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.

މި ލަނޑަށްފަހު ވެސް ޔުނައިޓެޑުން ދިޔައީ ޕާޓިޒަންގެ ގޯލަށް ފުލުފުލުގައި ހަމަލާތަށް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ގްރީންވުޑްގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތަނީ މާޝިއަލްއެވެ. އެއާއެކު މެޗުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޔުނައިޓެޑުން ކުޅެފައި ވަނީ އަވަސް އެޓޭކިންގ ގޭމެކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ މެޗުގެ 49 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑު ޖަހާ މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި ނަތީޖާ އާއި އެކު ގްރޫޕް "އެލް"ގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު ދެވަނައިގައި އޮތް އޭޒެޑް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި މެޗުން ބަލިވި ޕާޓިޒަން އޮތީ ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައެވެ. ޔުނައިޓެޑްގެ އިތުރުން މި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ސެވިއްޔާ އާއި ބަސެލް، ސެލްޓިކް އަދި އެސްޕަނިޔޯލްއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...