ރައީސް ޔާމީންގެ ޝަރީއަތާ ގުޅިގެން ހައިލަމަށް ގުޅިކަމަށް އަލީ ޒާހިރު އިއުތިރާފްވެވަޑައިގެންފި

ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގާޒީ އަހުމަދު ހައިލަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތާ ގުޅިގެން މުއާމަލާތުތަކެއް ހިންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓްރު އަލްއުސްތާޛު އަލީ ޒާހިރު އިއުތިރާފު ވެވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ގެ އަޑު އެހުންތައް ނިމި ހުކުމާ ހަމައަށް އެ މައްސަލަ ގޮސްފައިވަނިކޮށް ހުކުމް ކުރަން އޮތް ދުވަހުގެ ހެނދުނު މައްސަލަ ބަަމުްނ ގެންދިޔަ ގާޒީއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާ އަދި ގާޒީ ހައިލަމު އޭނާއަށް ޖޭއެސްސީއަށް ހާޒިރު ވެވެން ނެތް ކަަމަށް ބަޔާންކޮށް ހުށަހެޅި ސިޓީގައި ވިދާޅުވެފައިވާ އުޒުރަކީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަަމަށް ބުނެ ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ.

އަދި އޭގެ ފަހުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ހައިލަމް އާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރިގެ މެމްބަރު އަލްހާނު ފަހުމީއާ ދެމެދު
ހިނގާފައިވާ ފައިސާގެ މުއާމަލަތާކާ ގުޅިގެން އޭނާގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ގާޒީ ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ އާއި ބައްދަލު ކޮށް، އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފަހު އެ މައްސަލާގައި ޖިނާއީ ދައުވާ އެއް ކުރަން ނުޖެހޭ ކަމަށް ފުލުހުން މީގެ ކުރިން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އެ މައްސަލަ ބަލަން އަލުން ނިންމާ އެ މައްސަލައާ ގެން ކުރިއަށް ދާން ނިންމާފައި އެވަނީ އޭނާ ބަލަމުން ދިޔަ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ހައިލަމުވަނީ ބަޔާނުގައި ވިދާޅުވެފައެވެ.

އެގޮތުން ހައިލަމްގެ ބަޔާނުގައި އެބޭފުޅާ އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.

އަދި މައުލޫމާތުތައް ލިބިފައިވާ ގޮތުގައި އެ އިސްވެރިންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރ އަލްއުސްއާޛު އަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ. ކަން މިހެން އޮއްވާ އަލީ ޒާހިރުވަނީ އެކަމަށް އިއުތިރާފު ވެވަޑައިގެންފައެވެ.

އަލީ ޒާހިރު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ރައީސް ޔާމިންގެ ޝަރީއަތާ ގުޅިގެން ގާޒީ ހައިލަމްއަށް ގުޅި ކަމަށާ ގުޅީ އިންސާފުވެރި ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ހޯދުމަށް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ދޮގު ޚަބަރު ފެތުރުން ހުއްޓާލަން އެދިވަޑައިގަންނަވާ ކަމަށެވެ. އަލީ ޒާހިރުގެ އެ ޓްވީޓު މިހާރުވަނީ ޑިލީޓް ކޮށްލާފައެވެ.

ރައީސް ޔާމިން ޖަލަށް ލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ކަމުން އެކަން ފުއްދުމަށްޓަކައި މި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ޝަރުއީ ނިޒާމުގައި ތިއްބެވި ފަނޑިޔާރުންނަށް ބިރު ދައްކާ ނުފޫޒު ފޯރުވަމުން ކަމަށް އެކި އެކި ފަނޑިޠާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކަމަށް ބާރު ލިބޭފަދަ ގޮތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީވެސް ވަނީ ބަޔާނެއް ނެރެފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...