ސަރުކާރުގެ އަމާޒު ހުރީ ބަދަލު ހިފުމަކަށް: އާދަމް ޝަރީފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒު ހުރީ ބަދަލު ހިފުމަކާ ދިމާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރިގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރުއީ ނިޒާމު މިނިވަންކޮށް ހަރުދަނާ ކުރުމުގެ ނަމުގައި އައި ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭނީ މިޙާރު ފެންނަމުން މިދާ މިންވަރަށް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒު ހުރީ ބަދަލު ހިފުމަކަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމު ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން މި ސަރުކާރުގެ އިސްވެރިން ބޭނުންވި ކަމަށް ބުނެ ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނަވައިގެން އެ ޝަރީއަތް ބެއްލެވި ގާޒީ އަހުމަދު ހައިލަމު ނެރުއްވި ބަޔާނެއްގެ ޚަބަރެއްގެ ޓެގު ކުރައްވާ މެމްބަރި އާދަމް ޝަރީފު ކުރެއްވި ޓްވީޓުގައި ވަނީ ސަރުކާރުން އަމާޒު ހިފާފައި ހުރި ބަދަލު ހިފުމުގެ ރޫހު ހުއްޓާލަން ގޮވާލާފައެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާހު ކުރަންވީ ޖުޑިޝަރީ މިނިވަން ކުރުމަށް ކަމަށާ އަދި ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.


އާދަމް ޝަރީފު މި ފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުން ނިމި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިވާނެ ކަމުގެ ޔަގީންކަން ދިނުމަށް އެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމުއަށް މި ސަރުކާރުގައި ހިމެނި ވަޑައިގަންނަވާ އިސްވެރިން ނުފޫޒު ފޯރުވި ކަމަށް ހައިލަމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.


އަދި އެ ގޮތަށް އެފަދަ މުއާމަލާތްތަކެއް ހިނގިކަމެއް މި ސަރުކާރުގެ މިނިސްޓަރަކުވަނި އިއުތިރާފުވެސް ވެވަޑައިގެންފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...