އަހަރެންނަކީ ސީރިއަސް މީހެއް، އެކަން ދީޕިކާއަށް އެނގޭނެ- ރަންވީރު

ބޮލީވުޑްގެ ބަތަލު ރަންވީރް ސިންހް އަކީ އޭނާގެ ފޭނުންނާ ވަރަށް ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ރަންވީރަކީ އޭނާއާ އެކީގައި މަސައްކަތް ކުރާ އެހެން ތަރިންނާއެކީގައިވެެސް ހީ ސަމާސާކޮށް ވަރަށް ސަކަރާތްޖަހާ މީހެކެވެ. އެހެންނަމަވެސް، އެއީ ރަންވީރު އަބަދު އުޅޭ ގޮތެއް ނޫންކަން އޭނާ މިވަނީ ހާމަކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަރވިޔުއެއްގައި ރަންވީރު ބުނެފައިވަނީ އޭނާ އަކީ ވަރަށް ސީރިއަސް މީހެއް ކަމަށާއި، އެކަން އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯންއަށް އެނގޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ އުޅެ ބޮޑުވީ ވަރަށް ހިތްވަރުގަދަ، އަދި ބާރުވެރި އަންހެނުން ގިނަ އާއިލާއެއްގެ ތެރެއިން ކަމަށް ވާތީ، އޭނާގެ ވިސްނުމުގައި، އަންހެނުންގެ ވިސްނުމުގައި ހުންނަ "ސީރިއަސްކަން" ހުންނަ ކަމަށެވެ.

ރަންވީރު ބުނީ އޭނާގެ ސީރިއަސް ސިފަ މީހުންގެ ކުރިމަތީގައި ނުދައްކަނީ ކީއްވެގެންތޯ ދީޕިކާ ސުވާލު ކުރާ ކަމަށެެވެ.

އަދި އެ ސުވާލަށް ދޭނެ ވަކި ޖަވާބެއް ނެތް ކަމަށް ރަންވީރް ވަނީ ބުނެފައެވެ. ރަންވީރު ބުނީ ސީރިއަސްވުމަށްވުރެ، އޭނާއަށް ރަނގަޅީ މީހުން ހެއްވުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...