ރައީސް ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓު ޕްރޮޖެކްޓް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ރައީސް ސޯލިހު އެއާޕޯޓުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސް ސޯލިހު އިއްޔެ މެންދުރުފަހު އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެއަރޕޯޓުގައި ތަރައްގީ ކުރަމުން އަންނަ ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖަރ ޓާރމިނަލާއި އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވި ކަމަށެވެ.

ރައީސް ސޯލިހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ވަނީ އައު ކާގޯ އޭރިޔާއަށް ވަޑައިގެން އެ ތަނުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ.

ރާއްޖޭގެ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ބިޔަ މަޝްރޫއަކީ، އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ.

އެ މަޝްރޫއަށް އެއް ބިލިއަން ޑޮލަރު ހަރަދުވާނެ ކަަމަށް އޭރު ސަރުކާރުން އޮތީ ބުނެފައެެވެ. އެހެންނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި އެއްވެސް "ޕްލޭނެއް" ނުވަތަ ރޭވުންތެރި ކަމެއް ނެތް ކަމަށް ވިދާޅުވެ އެ މަޝްރޫއަށް ރައީސް ސޯލިހު ވަނީ ފާޑު ވިދާޅުވެފަައެވެ.


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...