ހައިލަމްގެ މައްސަލަ ބަލަން ނަޝީދު ދިއުމުން މެމްބަރުން ހޫނުވެއްޖެ

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރާ މައްސަލަ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އިދިކޮޅު މެންބަރުންގެ އިހުތިޖާޖުތަކާއެކު ނިޒާމް ގެއްލި ޖަލްސާ މެދުކެނޑިއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި އިހުތިޖާޖުކޮށްފައި ވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރާ މައްސަލަ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުންނެވެ. އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

މަޖިލިސް ދޫކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި ކުރިއަށްދާ ކަމެއް ބެލުމަށް ވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރިނަމަވެސް 15 ވަރަކަށް މިނެޓް ފަހުން އެކަން ހުއްޓަވާލެއްވުމުން މަޖިލީހުގެ ޖަލްސާ ފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ކްރިމިނަލް ކޯޓުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވުމަށް މަޖިލީހުގެ ރައީސް އާއި ޖޭއެސްސީގައި ހިމެނޭ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ފައިމަގުގައި ނަޝީދު ކޯޓަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ވާހަކަ ވިދާޅުވެ ސައީދު ވާހަކަފުޅު ކުރިއަށް ގެންދަވަން އުޅުއްވުމުން ރިޔާސަތުން ވަނީ ސައީދުގެ ވާހަކަފުޅު ހުއްޓުވާފައެވެ. އެހެން ނަމަވެސް ސައީދު ވަނީ ނަޝީދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ޔާމީންގެ ޝަރީއަތައް ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުން މިއަދު 13:00 އަށް ތާވަލް ކޮށްފައި ވަނިކޮށް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްޗަށް ސްލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. ނަމަވެސް ޖޭއެސްސީއަށް ހައިލަމް ހާޒިރު ނުވުމާއި ގުޅިގެން އެކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނަވައިގެން އެ ކޮމިޝަނުން ކޯޓްތަކަށްވުރެ ވެސް މަތިން މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ހަދައިގެން ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...