މަހަަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގެ ވައުދަށް ވީ ކިހިނެއް؟

ވެރިކަން ކުރެއްވުމުގެ ފޮނި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި އެއް ވައުދަކީ ނޫސްވެރިންނަށް ނުފިއްލަވާނެ ކަމުގެ ވައުދެވެ. އެހެންނަމަވެސް އެ ވައުދާ ހިލާފުވެވަޑައިގެން އެމަނިކުފާނު މިއަދު އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ.

މީޑިއާތަކަށް ނުފިއްލަވާނެ ކަމަށާއި، ކޮންމެ މަހަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަަމަށް ރައީސް ސޯލިހު ވިދާޅުވިކަން ނޫސްވެރިންް ހަނދާނެއް ނުނެތެއެވެ. އެމަނިކުފާނު އެކަން ހަނދުމަފުޅު ނެތް ކަމަށް ވާނަމަ، އަޅުގަނޑު އެކަން ހަނދުމަކޮށްދެމެެވެ.

ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ އޮކްޓޯބަރު މަހު ނޫސްވެރިންނާ ބައްދަލު ކުރައްވާފައެއް ނުވެއެވެ. ވެރިކަމަށް ވަޑައިގެން ދެވަަނަ ފަހަރަށް ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރެއްވީ ޖެނުއަރީމަހުގެ 24 ވަނަ ދުވަހުއެވެ. އެއަށްފަހު ދެން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ ޖުލައިމަހުގެ 4 ވަނަ ދުވަހުއެވެ. އެއީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ ފަސް މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި، ނޫސްވެެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަަމަށް ރައީސް ސޯލިހު ވިދާޅުވިނަމަވެސް، ބަސްފުޅާ އަމަލުފުޅު ދިމާނުވާތީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދަށް އެސުވާލު އަމާޒު ކުރުމުން ހޫދު ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް މަދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަސައްކަތްތައް ހުންނަ ގޮތުން އެހާ ގިނަ ނޫސްވެރިންގެ ބައްދަލުވުންތައް ނުބޭއްވެނީ ކަމަށްވެސް ވިދާޅުވިއެެވެ. އަދި މިމަހުގެ ތެރޭގައިި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މަސައްކަތްތައް ހުންނަ ގޮތުން ރައީސް ސޯލިހަށް ނޫސްވެރިންްނާ ބައްދަލު ނުކުރެއްވެނީ ކަމަށް ވިދާޅުވިއިރު، މިދުވަސްވަރު ރައްޔިތުންް ރައީސް ސޯލިހުއާ ކުރަން ބޭނުންވާ ސުވާލުތައް ގިނަ ކަމަށް މީސްމީޑިއާގައި، ރައްޔިތުން އަންނަނީ ބުނަމުންނެެވެ. އެގޮތުން ރައްޔިތުން މިއަދު އެމަނިކުފާނާ ކުރިމަތި ކުރުވަން ބޭނުންވާ އެންމެ މުހިންމު ސުވާލު ތަކަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ ދިފާއުގައި އެމަނިކުފާނު އަދިވެސް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯއާއި، އެޖަމިއްޔާގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ނުކުރެވިގެން އުޅުއްވަނީ ކީއްވެގެެންކަމާމެދުއެވެ. އެ ސުވާލުތަކުގެ ޖަވާބު ރައްޔިތުން މިއަދު އެބަ ބޭނުންވެއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަން ކޮށްދެމުން ދޭތޯ ބަލައި، ފާހަގަ ޖަހަމުން ގެންދިޔުމަށް އެދިވަޑައިގެންފައެވެ. ނޫސްވެރިންނާއި ރައްޔިތުން އެކަމަށް ސަމާލުވެ، ފާހަގަ ޖަހަމުން އަންނައިރު، ރައީސް ސޯލިހުވެސް އެކަމަށް ހުޝިޔާރު ވުމަކީ މިއަދު ރައްޔިތުން އެދޭ އެދުމެކެވެ. އަދި ވައުދެއް ވެވަޑައިގެންފައިވާނަމަ، އެ ވައުދަކަށް އިހްތިރާމްކުރައްވައި، ވަައުދު ފުއްދެވުމަކީވެސް ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...