"ލާދީނީ މީހުން ދައުލަތުގައި ވަކި ހިއްޕާފައި ތިބުމަކީ ނުރައްކަލެއް "

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

"ސެކިއުލާ" ނުވަަ ދީނާއި ހިލާފު މީހުން ދައުލަތުގައި ވަކި ހިއްޕާފައި ތިބުމަަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސެކިއުލާ ވިސްނުމުގެ މީހުން ދައުލަތުގައި "ވަކިހިއްޕާފައި" ތިބުމަކީ މިގައުމަށް އޮތް ނުރައްކަލެއް ކަމަށާއި އެކަމާއި ހިތާމަކުރާ ކަމަށެވެ. ސައީދު އެހެން ވިދާޅުވިއިރު އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެންމެ އިސް މެމްބަރުން ތިބީ ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައިކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، އަދި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ މަގާމުގައި ހުންނެވި ނޫޝިން ވަހީދުފަަދަ ބޭފުޅުންނަކީ އެމްޑީއެންއާ ސީދާ ގުޅުން އޮތް މީހުންކަން އެނގިހުރެ، އެފަރާތްތަށް އަދިވެސް މަގާމުން ވަކި ކޮށްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސައީދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ "ހައްދުފަހަނައެޅުން" ރާއްޖެއާއި ގުުޅުވައިގެން "އަލްޖަޒީރާ" ފަދަ ބޮޑެތި ނޫސް ތަކުގައި ޕްރޮމޯޓް ކުރާ މީހުންނާއި އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓު ތައްޔާރު ކުރި މީހުންގެ އޮތީ އެއް މިސްރާބެއް ކަމަށެވެ. ސައީދު އެހެން ވިދާޅުވިއިރު، އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ފަރާތްތަކަށް ކަަމަށް ބެލެވެއެވެ. މީގެ ކުރިން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާއްޖެ އަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ތިބި ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...