ޖޭއެސްސީން ފަނޑިޔާރުންނަށް ވަރުގަދަ އިންޒާރެއްދީފި

ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙް ބަލައި ނުގަތުމަށް ނުވަތަ ޢަމަލު ނުކުރުމަށް ނުވަތަ ބާރު ކެނޑޭގޮތަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީގެ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރޭ ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމުގައި ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙް ބަލައި ނުގަތުމަށް ނުވަތަ ޢަމަލު ނުކުރުމަށް ނުވަތަ ބާރު ކެނޑޭގޮތަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ ޖުޑީޝަލް ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނެކަމުގެ މަޢުލޫމާތު ފެތުރިފައި ވަނިކޮށެވެ. ޖުޑީޝަލް ކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ކައުންސިލެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްވެސް ރޭ ވަނީ ބާއްވާފައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ބޭއްވުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ފަޔަށް ހިނި އަރައިގެން ހުކުރު ދުވަހެއްގެ ރޭގަނޑު މަޖިލިސް ހުޅުވައިގެން ޕާޓީ މީހުން އެކަނި ތިބެ ޖުޑިޝަރީ ކޮމިޓީ ބާއްވަނީ ކޮން ނުފޫޒެއް ފޯރުވަންތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ހެނދުނު ޖޭއެސްސީ ކޮމިޓީގައި އިނދެފައި ރޭގަނޑު ޖުޑިޝަރީ ކޮމިޓީ ގައި އިނުމަކީ ކޮން ދިމިގްރާތެއްތޯ ޝިޔާމްވަނީ ސުވާލު ކުރައްވާފައެވެ.

މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަކީ ޖުޑިޝަރީ އިޞްލާޙު ކުރުމުގެ ނަމުގައި ވަރަށް ބޮޑަށް ޖުޑިޝަރީގެ ތެރެއަށް އަތް ބޭނުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުންދަނީ ޖުޑިޝަރީ އިޞްލާޙު ކުރުމުގެ ނަމުގައި ސަރުކާރުން ކުރާ ކަންކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...