އިރާޤުގައި ކާފިއު އިޢުލާން ކޮށްފި

ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވުމާއި ގުޅިގެން އިރާޤު ސަރުކާރުން އެޤައުމުގައި ކާފިއު އިޢުލާން ކޮށްފިއެވެ.

ސަރުކާރާއި ދެކޮޅަށް ފަށާފައިވާ މޫޒާހަރާތައް ހޫނުވުމާއި ގުޅިގެން އީރާޤު ސަރުކާރުން ކާފިއު އިއުލާން ކޮށްފައިވަނީ ވެރިރަށް ބަޣުދާދުގައެވެ.

ވެރިރަށް ބަޣުދާދުގައި ކާފިއު އިޢުލާން ކޮށްފައިވާއިރު، ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގާފައެވެ. އެގޮތުން ހޯމަ ދުވަހު ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި ޢާންމުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އަދި މި ކުރިމަތިލުންތަކުގައި އެތަށް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާ އިތުރަށް ވަރުގަދަ ވެގެންދިޔައީ އިރާޤުގެ އެތަށްހާސް ކިޔަވާ ކުދިން މުޒާހަރާއާ ގުޅުމުންނެވެ. އިރާޤުގެ ކިޔަވާ ކުދިން މުޒާހަރާއަށް ނިކުމެފައިވާއިރު އިރާޤު ސަރުކާރުން ވަނީ ކިޔަވާކުދިން މުޒާހަރާއަށް ނުނިކުތުމަށް ގޮވާލާ ވަރުގަދަ އިންޒާރެއް ދީފައެވެ.

އިރާޤުގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާއި ހަވާލާދެއްވާ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ސަރުކާރުން ވަކި އެއްޗެއް އިޢުލާންކުރަންދެން ކާފިއު ދިގުދެމިގެންދާނެ ކަމަށެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެގޮތުން ގިނަ މީހުން މަރުވެފައިވަނީ ސަލާމަތީ ބާރުތަކުން ބަޑި ޖެހުމާއި ގުޅިގެން ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...