މި ސަރުކާރަށް ހައްލަކީ އެމްއެމްޕީއާރުސީތަ؟

މުސްކުޅިން ބުނާތި އަޑު އަހަމުއެވެ. އެއް އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ބީވެގެންދާނެއެވެ. މަތުލަބަކީ ނުވަތަ މާނައަކީ ވަގަށް ނެގި އެއްޗެއް ވިއްޔާ ބީވެގެންދާނިވެސް މީހަކު އެ އެއް ވަގަށް ނަގައިގެންނެވެ. އަދި މަކަރާ ހީލަތުން ހޯދި އެއްޗެއްގައި ގިނަ ގުނަ ދުއްތުރާ ތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞޯލިހު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވީއްސުރެން މި ޤައުމުގައި އަބަދުވެސް ފެންނަނީ ކޮންމެ ވެސް ވިލާގަނޑެއްގައި ޖެހި ގަދަ ކަނޑެއްގައި ފަތަން ޖެހިފައިވާ މަންޒަރެވެ. ބޯގަންވިލާ ގަނޑެއް އެއް ނުވަތަ މާފަންނު ވިލާގަނޑެކެވެ. ލުތުފީ އެއް ނުވަތަ ޝަހިންދާ އެކެވެ. އިންޑިއާ ނުވަތަ ޗައިނާއެވެ.

ކޮންމެ އަކަސް ހިބަރު ވަދެއްގެ ބާރުގައި ވެރިކަމަށް އައި ކަމަށް ގިނަބަޔަކު ތުހުމަތު ކުރާ އިބްރާހިމު މުހައްމަދު ސޯލިހުއަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކުރެއްވި ހުވަޔާއެކު ހަވާލުވި މަސްއޫލިއްޔަތަކީ ފަސޭހަ ކަމަކަށް ވެގެން ނުދާތަން ވެރިކަމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެންނަން ފެށިއެވެ.


އެގޮތުން މި ސަރުކާރަށް އެންމެ ފުރަތަމަ ފާޑުކިޔުންތައް އަމާޒުވި އެއް ސަބަބަކީ ދައުލަތުގެ ބަޖެޓު ފެން ފޮދަކާ ނުލާ ދިރުވާލުމެވެ. އެ ފަހަރު އެ މައްސަލަ އޮއްބާލަން ދައުލަތުން ހެދި ކިއްސަރު ވަޑަމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންގެ ލިސްޓު އާންމުކޮށް ރައީސް ޔާމީންގެ މައްޗަށް ދައުވާ އެއް އުފުލާ ޑައިރެކްޓުކުރަން ފެށި ފިލުމުގެ މަސައްކަތެވެ.

އަނެއްކާ ވެސް ދުވަސް ގަނޑަކަށް ފަހު ދެން މި ސަރުކާރާ ކުރި މަތިލާން ޖެހުނީ ފީވަމުން ދިޔަ ލުއްޗާ އަކާއެވެ. އާދެ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއާއެވެ. އޭނަ ފިލުވައިގެން ލަންކާ އެމްބަސީގައި ދެ މަސް ދުވަހަށް ގިނަ މުއްދަތަކަށް ގެންގުޅެ އެކަން ދިވެހި ރައްޔިތުންނަށް ފަޅާއަރާ ދިވެހި ރައްޔިތުންގެ ފިއްތުންތައް ރައީސް ސޯލިހުގެ ސަރުކާރާ ކުރިމަތިލާން ޖެހުމުން ދެން އަނެއްކާވެސް ވަޑާމެއްގެ މަސައްކަތް ފެށިއެވެ.

މިފަހަރު ތެދުއި ވަޑާމުގެ މަސައްކަތެކެވެ. އަނެއްކާވެސް އެމްއެމްޕީއާރުސީއެވެ. އަޑެ އެފަހަރު ހެދި ވަޑާމަކީ ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލަން އަވަހަށް ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުންތަކެއް ތާވަލު ކުރިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މާސްޓަރ މައިންޑު އަހުމަދު އަދީބު ލައްވާ ރައީސް ޔާމީނާ ގުޅުވާ ދޮގު ބަޔާންތަކެއް ނެރުވާ ޕަބްލިކު ސްޓަންޓެއް ޖެއްސިއެވެ.

ނަމަވެސް ރައްޔިތުން އެއަށް ވުރެ މާހުށިޔާރެވެ. ފޯކަސް ބަދަލުކޮށްލަން ޖެހި މަޅިގައި ސަރުކާރު ޖައްސާ ރައްޔިތުން ކުރިމަތީ ސަރުކާރު ކުޑަ ކަކޫ ޖެއްސުވިއެވެ. ލުތުފީ އަނބުރާ މާލެ ގެނުވިއެވެ.

އޭގެ ދުވަސް ގަނޑެއްފަހުން އަނެއްކާ ހިލުނީ ބޯގަންވިލާ ކޮޅި ގަނޑެއްގެ ތެރެއިން ވެހެން ފެށި ރިޕޯޓެއްގެ ކަންތަކެވެ. އިސްލާމު ދީނާ ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ބޯގަންވިލާ ގެއަށް ނިސްބަތްވާ އަންހެން ދަރިއަކު އިސްވެ ހުރެ ނެރުނު ރިޕޯޓަކާ ގުޅިގެން އަނެއްކާ ވެސް ސަރުކާރު ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ނުވެއްތެން ވީ ސަބަބެއްވެސް ނެތެވެ. އެ ރިޕޯޓު ނެރުނު މީހުންގެ ތެރޭގައި ހިމެނެނީ ހުސް ސަރުކާރުގެ އިސް މީހުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެއްނަމަކީ މުހައްމަދު ހަމީދެވެ. އާދެ ވަލިޔުއްލު އަމުރުގެ ޅިޔަނު ކޮއްކޮ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި ފަހަރު މަލިއެއްގައި ބެދުނީ އާދައިގެ ބޭފުޅެއް ނޫނެވެ. ސަރުކާރަށް އަނެއްކާވެސް މަޖުބޫރުވީ އެމްސީ ހަމީދުގެ ދިފާއުގައި ނުކުްނނަންށެވެ. އެމޑިއެނުގެ ދިފާއުގައި ނުކުންނަންށެވެ. ވެރިކަމަށް ގެނައުމަށް ބޭރު ދުނިޔޭގެ އެހީ ހޯދައިދިން ބަޔަކީ އެމްޑިއނަށް ވުމުންނެވެ. އަދި އެމްސީ ހަމީދުގެ ކަންތަކުގައު ގޭ ތެރެއިން އަންނަ ޕްރެޝަރާ ވެސް އެކުގައެވެ.

ދެން އަޅުގަޑު މިހެން ދެންނެވީމާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަށްކަޅިން އަޅުގަނޑާ ދިމާއަށް ބެއްޔަސް ހަގިގަތް ވާނި ހަގީގަތަށް ތާއެވެ. ވައްކަޅިން ބެލިޔަސް ލޮލުގެ ކުޑަކޮޅުން ބެއްޔަސް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގައި އިންޝާ ﷲ ދެމި ހުންނާނަނެމެވެ.

ކޮންމެ އަކަސް ހަމީދު ސަލާމަތް ކުރަންށާ ދިވެހި ރައްޔިތުން ކުރިމަތި ކުރުވަމުން އަންނަ ފިއްތުންތަކަށް ސަރުކާރުން އަނެއްކާ ވެސް ހައްކު ހޯދަން މަސައްކަތް ފައްޓަވައިފިއެވެ. މިފަހަރުވެސް ހައްލަކަށް އަމާޒު ފަތްގަޑަކަށް ނެންގެވީ ހަަމ އެއްކަލަ އެމްއެމްޕިއާރުސިގެ ހިޔާނާތުގެ ވާހަކައެވެ.

މީގެ ކުރިން ދިވެހި މުޖުޠަމައުން މަޖާޒީ ގޮތަކަށް އިވެމުން ދިޔައީ ހައްލަކީ އުމަރު ކަމަށެވެ. ނަމަވެސް މި ސަރުކާރާ ދިމާވާ ކޮންމެ ވިލާގަނޑެއްގެ ހައްލު ފެންނަނީ އެންމެ ކަމެއްގެ ތެރެއިންނެވެ. އެއީ އެމްއެމްޕީއާރުސީއެވެ.

ކޮންމެ ކަމަކާ އެމްއެމްޕީއާރުސީ އާ ގުޅުވަން ތިޔަ ކުރައްވާ މަސައްކަތް ކޮންމެ ފަހަރަކުވެސް ތިޔަ ދަނީ ޗޮކުންނެވެ. އެހެންކަމުން ކޮންމެ ވެސް އެހެން އުކުޅެއް ހޯދަން ވެއްޖެ ނޫންތޯއެވެ.

އެހެނީ ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެއޭ ބުނާ އުސޫލުން ކޮންމެ ކަމެއްގެ ހައްލަކަށް އެމްއެމްޕީއާރުސީ ގެ ޚިޔާނަތުގެ މައްސަލަ ނުވާނެތީއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...