ވިޔަފާރި ކުރަން ފަސޭހަ ލިސްޓުގެ ފަހަތަށް ރާއްޖެ ވެއްޓިއްޖެ

ވިޔަފާރި ކުރަން ފަސޭހަ ގައުމުތައް ދެނެގަނެ ވޯލްޑް ބޭންކުން "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ބުނާ ގޮތުން ދިވެހިރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫ ވެފައިވާ ކަމަށް ދައްކައިފިއެވެ.

ޤައުމުތަކުގައި ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި ވޯލްޑް ބޭންކުން ކޮންމެ އަހަރުކެވެސް އާންމު ކުރާ "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ގައި ރާއްޖެ ވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެގޮތުން ކުރިން 139 ވަނަގައި އޮތް ރާއްޖެއަށް މިހާރު ލިބިފައިވަނީ 147 ވަނައެވެ.

ވޯލްޑް ބޭންކުން އާންމުކުރި "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ގައި މި ސަރަހައްދު ގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް ލިބިފައި ވަނީ 6 ވަނައެވެ. މި ސަރަހައްދުން އެންމެ ކުރީގައި އިންޑިއާ އޮތް އިރު، ދެވަނައިގައި އޮތީ ބޫޓާނެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުލަށް ގޮސްފައިވަނީ އަފްޣާނިސްތާނެވެ.

ވިޔަފާރި ކުރުމަށް ފަސޭހަ ގައުމުތައް ދެނެގަނެ ކޮންމެ އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން އާންމުކުރާ ލިސްޓުގައި ވިޔަފާރީގެ މާހައުލުން ފާހަގަ ކުރެވޭ 10 ކަމެއްގެ މައްޗަށް ބަލައެވެ. އެގޮތުން ވިޔަފާރި ފެށުމާއި ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ ބައިގެ އިތުރުން، ލޯނު ހޯދުމާއި ޓެކްސް ދެއްކުން އަދި ގުދަން ހަދަން ހޭދަވާ މުއްދަތާއި ކަރަންޓު ލުމާއި މުދާ އެތެރެކޮށް ބޭރު ކުރުމުގެ ހިދުމަތަށް ނަގާ ވަގުތަށް ވެސް ބަލައެވެ.

މީގެ އިތުރުން، ކުދި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމާއި އެއްބަސްވުންތައް ތަންފީޒުކޮށް، ވިޔަފާރިއާ ގުޅުންހުރި ޝަރުއީ ކަންތައްތަކުގެ އިތުރުން ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހަމަޖައްސާ މިންވަރަށް ވެސް ބަލައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...