ފުލިދޫ ސްކޫލް ކުއްޖަކަށް ޓީޗަރަކު އިހާނެތިކޮށްހިތާ ވީޑިއޯއެއް އާންމުވެއްޖެ

ވ. ފުލިދޫ ސްކޫލްގައި ކިޔަވަމުންދާ ޕްރީ ސްކޫލް ދަރިވަރަކަށް ޓީޗަރަކު އިހާނެތިކޮށްހިތާ ވީޑިއޯއެއް އާންމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ފުލިދޫ ސްކޫލްގައި މަސައްކަތްކުރާ ޒޫނާ ނަމަކަށް ކިޔާ ޓީޗަރަކު އެ ސްކޫލުގައި ކިޔަވަމުންދ ޕްރީސްކޫލް  ދަރިވަރުގެ ކޮލުގައި ޖަހާ މަންޒަރު ފެނިގެންދެއެވެ.

އާންމުވި ވީޑިއޯގައި ލައިންގެ ކުރީގައި ހުންނަ ކުއްޖަކާ ޓީޗަރަކު ވާހަކަ ދައްކާ އިރު، އަނެއް ޓީޗަރު އެކުއްޖާ ކައިރިއަށް ގޮސް ނުރުހުން ވުމާއެކު ވާހަކަ ދައްކައެވެ. އަދި އެކުއްޖާގެ އަތުގައި ހިފުމުން އަތް ފޮޅުވާލަން އުޅުމުން އެ ޓީޗަރު ވަނީ އެ ކުއްޖާގެ މޫނުގައި އަތުން ޖަހާ ކޮއްޕާލާފައެވެ.

މީގެ އިތުރުން މި ހުރިހާ ކަމެއް ހިނގާ އިރު، އަނެއް ޓީޗަރު އެ ކުއްޖާގެ އަތުގައި ހިފަހައްޓާއިގެން ބަލަހައްޓައިގެން ހުރެއެވެ. މި ހާދިސާގައި ޓީޗަރާއެކު ދެން ހުރީ ވ. އަތޮޅު ސްކޫލްގެ އެލްކޭޖީގައި ކިޔަވަމުން އަންނަ ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖެކެވެ.

މި ވީޑިއޯ އާންމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވެސް ވަނީ ދަރިވަރުންނަށް އިހާނެތިކޮށް ހިތުމާއި ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މީގެ އިތުރުން މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާފައިވާ ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަކީ ވަރަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...