ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް ނޫނު އަތޮޅުގައި!

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

މަވެސް ޕީޕީއެމްގެ ނަމުގައި ޕީޕީއެއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ނ އަތޮޅުގެ ރަށްތަކުގައި ބާރަށް ކުރިއަށް ދާކަމަށް އެޕާޓިން ބުނެފިއެވެ.

ސިލްސިލާކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިހަފްތާ ބަންދުގައި ޕީޕީއެމްއިން އަންނަނީ ނ އަތޮޅުގެ ރަށްތަކުގައި މަވެސް ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ފަށާފައެވެ. އެގޮތުން 3 ޓީމް އަކަށް ބަހައިލައިގެން ކުރިއަށްގެންދާ އެހަރަކާތުގައި ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އެހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

މަވެސް ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ނ އަތޮޅު ވެލިދޫ، މަނަދޫ އަދި ޅޮހީގައެވެ. މި ތިން ރަށުންވެސް އެޕާޓީއާއި ގުޅުމަށް ގިނަ އަދަދެއްގެ ފަރާތްތަކެއް ވަނީ ފޯމު ހުށައަޅާފައެވެ. މިދަތުރުގައި ޕާޓީގެ އިސްސަފުުގައި ހިމެނޭ ގިނަ ފަރާތްތަކަކުން ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...