ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ބިޝާމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށައިފިއެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އެއާއެކު ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން ވަނީ ތާއީދު ކުރައްވާފައެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ، ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، މަޖިލީހުުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެެއެވެ.

އެހެންކަމުން ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން މަޖިލީހަށް އިއުލާން ކުރެއްވުމަށްފަހު އިތުރު ބަހުސަކާ ނުލައި ކަމާބެހޭ ކޮމިޓީއަށް އެ މަސައްކަތް ކުރިއަށް ގެންދެވުމަށް އަންގަވާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...