ތުރުކީއިން ކުރުދީންނާ ދެކޮޅަށް ފަށާފައިވާ އުދުވާން ހުއްޓާލަން އެމެރިކާއިން ގޮވާލައިފި

ތުރުކީވިލާތުން މިހާރު ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ފަށާފައިވާ އުދުވާން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި، އެމެރިކާ އިން އެގައުމާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ތުރުކީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ ޒަމާންތަކެއް ފަހުން ތުރުކީވިލާތުގެ ސިފައިން ސީރިއާގެ އިރު އުތުރު ހިސާބުތަކަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ގޮތުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ފަރާތުން މިހާރު ވަނީ ތުރުކީގެ ދިފާޢީ ވަޒީރާއި، ހޯމް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ ހަކަތައާއި ބެހޭ ވަޒީރުގެ އެމެރިކާ ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ގަނޑުކޮށް، ހުރިހާ މުދަލެއް ހިފަހައްޓާފައެވެ.

ޓްރަމްޕު ވަނީ ތުރުކީ އާއި އެއްކޮށް މީގެ ކުރިން މަޝްވަރާ ކޮށްފައި އޮތް އެމެރިކާ-ތުރުކީގެ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމުން ވެސް ކެންސަލްކޮށްފައިވާ ކަމަށާއި، އަދި ތުރުކީ އިން އެޤައުމަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުން ޓެކުސް ގޮތުގައި 50 އިންސައްތަ ނަގާނެ ކަމަށެވެ.

ތުރުކީ ސިފައިން ސީރިއާ އަށް ދިޔައީ އެމެރިކާ ސިފައިން އެސަރަހައްދުން ދާދިފަހުން ފައިބައިފައި ވަނިކޮށެވެ. ތުރުކީ ސިފައިން ހިންގަމުންދާ އޮޕަރޭޝަނަކީ ސީރިއާގެ އުތުރުގެ ބޯޑަރު ސަރަޙައްދުގައި އަތް ގަދަކޮށްގެން ތިބި ކުރުދީ ހަނގުރާމަވެރިންގެ ކިބައިން ތުރުކީވިލާތާއި، އަދި ސީރިއާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ނުރައްކަލުން އެ ރައްޔިތުން ސަލާމަތް ކުރުމެވެ.

އަދި ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލާ ހެދި އަމިއްލަ ޤައުމަށް ނުވަދެވިފައި ތިބި ސީރިއާގެ އެތައް މިލިއަން ރައްޔިތުންނެއް އަނބުރާ ޤައުމަށް އެތެރެކުރުމަށް މަގުތަނަވަސް ކޮށްދިނުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...