ކެލިފޯނިޔާއަށް 4.5 މެގްނިޓިއުޑްގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

ކެލިފޯނިޔާއަށް 4.5 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ދަ ލޮސްއެންޖެލެސް ޓައިމްސް" ނޫހުން ރިޕޯޓުކޮށްފައި ވާ ގޮތުގައި އެ ބިންހެލުން އައިސްފައިވަނީ ކެލެފޯނިޔާގެ ފްރާންސިކޯ ބޭ ސަރަހައްދަށެވެ. މިހާތަނަށް ހެދި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައިގެން ކަމަށް ހަބަރުތައް ބުނެއެވެ. އެމެރިކާގެ ގެ ޖިއޮލިޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ އަސަރު ވަނީ ސެން ފްރާންސިކޯ، އޯކްލޭންޑް އަދި ސަން ޖޯސް އަށް ކޮށްފައެވެ. މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގެ ބިމުގެ 9 ކިލޯމީޓަރު އަޑިޔަށެވެ.

އަދި އެ ބިންހެލުމުގެ އަސަރު ސިޓީތަކަށް ކޮށްފައި ވަނީ އިއްޔެ 11 ޖަހާކަން ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް ގެއްލުމެއް ނުވަތަ، އަނިޔާއެއް ލިބިގެން މީހަކު ރިޕޯޓުކޮށްފައި ނުވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ބިންހެލުމުގެ ސަބަބުން މާބޮޑު ލޮޅުމެއް އެއްވެސް ސަރަހައްދަކަށް އައިސްފައި ނުވާކަމަށާއި އެހެން ނަމަވެސް، މީހުން ބޭރަށް ނިކުމެއުޅުން މަނާކޮށްފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...