ރާއްޖެއިން މެކްސިކޯއަށް ދިއުމަށް ޚާއްޞަ އަގުތަކެއް އެމިރޭޓްސް އެއާލައިނުން ތައާރަފްކޮށްފި

އެމިރޭޓްސް އެއާލައިނުގައި ރާއްޖެއިން މެކްސިކޯއަށް ދަތުރު ކުރާ ފަރާތްތަކަށް ޚާއްޞަ ފެއާއެއް ފަށައިފިއެވެ.

އެމިރޭޓްސް އެއާލައިނުން ތަޢާރަފްކުރި ފެއާގެ ދަށުން ރާއްޖެއިން މެކްސިކޯއަށް ދިއުމަށް އިކޮނޮމިކް ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް ދެކޮޅު ޓިކެޓް ވިއްކުމަށް ކަނޑައަޅާފައި ވަނީ 37594 ރުފިޔާ އަށެވެ. މި އަގުގައި ދަތުރު ކުރެވޭނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ޓިކެޓް ބުކް ކުރާ ފަރާތްތަކަށެވެ.

އެމިރޭޓްސް އެއާލައިނުން ތަޢާރަފްކުރި ފެއާގެ ދަށުން ޓިކެޓް ނަގާ ފަރާތްތަކަށް އަންނަ ޑިސެމްބަރުމަހުން ފެށިގެން އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.

އެމިރޭޓްސް އެއާލައިނުން އަލަށް ތަޢާރަފްކުރި ފެއާގެ ދަށުން ރާއްޖެއިން މެކްސިކޯއަށް ދަތުރުތައް ކުރުމަށް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބިޒްނަސް ކްލާހުގެ 38 ސީޓާއި 264 އިކޮނޮމީ ސީޓް ހިމެނޭ ބޯއިންގ 200-777 މަރުކާގެ ބޯޓްތަކެވެ.

އެމިރޭޓްސް އެއާލައިން އަކީ ގިނަ ބައެއްގެ މަގުބޫލްކަން ލިބިފައިވާ ދުނިޔޭގެ މަޝްހޫރު އެއާލައިން އެކެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...