ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް: އަބުދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް މިހާރުގެ ސަރުކާރުން އުފުލާފައި ވަނީ ސިޔާސީ ދަޢުވާއެއްކަމަށް ދަންނަވަން ޖެހެނީ މި މައްސަލައިގައި މި ސަރުކާރުން މިހާތަނަށް ކަންތައްކޮށްފައިވާ ގޮތުން ކަމަށްއިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ "ސިޔާސީ ދަޢުވާ" ގެ ނަމުގައި ޗެނަލް 13 އިން ކުރިއަށް ގެންދާ ޚާއްޞަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދަޢުވާއެއް ކަމަށް ދަންނަވަން ޖެހެނީ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް ޔާމީން ހައްޔަރު ކުރެއްވީ ހެއްކައް ނުފޫޒު ފޯރުވާ ކަމަށް ބުނެ ކަމަށާއި ނަމަވެސް ހައި ކޯޓުން އެ ހުކުމް ބާތިލްކޮށްފައިވާއިރު އެމަނިކުފާނު ހެއްކައް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވީ ދައުލަތުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ފުރަތަމަ ބަންދުކުރެއްވި މައްސަލައާއި މިހާރު ކުރާ ދައުވާއާއި އެއްވެސް ގުޅުމެއް ނެތުމުން ވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަން ސާބިތުވާ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތުން މި ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުކުރެވޭނެކަން ދޭހަވާ ކަމަށެވެ.

މީގެ އިތުރުން މި ޝަރީއަތް ކުރިއަށް ދަނީ ރައްޔިތުންގެ ލޯމަތީގައި ކަމަށާއި ދެފަރާތުން ދައްކާ ވާހަކަތަކަށް ބަލާ ގޮތް ކިޔަން ރައްޔިތުންނަށް އެނގޭނެ ކަމާއި ރައީސް ޔާމީން މައްޗަށް މި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މި ދައުވާ އުފުލާަފައި ވަނީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިންމާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގައި ޗެނަލް 13 އިން ކުރިއަށް ގެންދާ ކަވަރޭޖުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ މިއީ ސިޔާސީ ދައުވާއެއް ކަމަށް ބުނަމުންނެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...