އެމްޑީއެން އިން ނެރެފައިވާ ރިޕޯޓް އާންމުކޮށްފައިވަނީ ރައީސް ޔާމީންގެ ޒަޢާމާތުގައި ނޫންކަން ހާމަވެއްޖެ

މޯލްޑިވްސް ޑިމްކްރެޓިކް ނެޓްވޯކް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓް އާންމުކޮށްފައިވަނީ ރައީސް ޔާމީންގެ ޒަޢާމާތުގައި ނޫންކަން ހާމަވެއްޖެއެވެ.

ދިރާސާގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓް އެ ޖަމިއްޔާގެ ވެބްސައިޓުގައި އާންމުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކަން ހާމަވެއްޖެއެވެ.

ވެބްސައިޓުތަކުން އާންމުކުރާ ހުރިހާ މައުލޫމާތުތައް އާކައިވްކުރާ ވެބްސައިޓުތަކުން ހާމަވެފައިވާ ގޮތުގައި "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް"ގެ ނަމުގައި އެންޑީއެމްގެ ވެބްސައިޓުގައި އެންމެ ފުރަތަމަ ވެސް ރިޕޯޓެއް ޝާއިއުކޮށްފައި ވަނީ މީގެ ހަތް މަސް ކުރިން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އާކައިވްކުރާ ވެބްސައިޓުތަކުން އެނގޭ ގޮތުގައި 2016 ވަނަ އަހަރު އެންޑީއެމްގެ ވެބްސައިޓުގައި ޝާޢިއުކޮށްފައި ވަނީ، މިއަހަރު އެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ދިގު ރިޕޯޓުގެ ޚުލާސާއެކެވެ.

"ލަވް ފޯރ އިސްލާމް ވަރސަސް ހޮލީ ވޯރ"ގެ ނަމުގައި އޭރު ޝާޢިއުކުރި ރިޕޯޓުގައި ހިމެނެނީ، "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓުން ބައެއްކަން ހާމަވެއެވެ.

އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓު ޝާޢިއުކޮށްފައި ވަނީ މިއަހަރުގައި ކަން ހާމަވެފައި މިވަނީ، މި ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު އެއީ މީގެ ދެ އަހަރު ކުރީން ނެރެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ލިޔުމެއް ކަމަށް އެންޑީއެމް ޖަމިއްޔާގެ ފަރާތުން ބުނެފައި ވަނިކޮށެވެ.

ނަމަވެސް އާކައިވްކުރާ ވެބްސައިޓުތަކުން ހާމަވާ މައުލޫމާތުން އެއީ ދޮގެއްކަން ވަނީ ފަޅާއަރާފައެވެ. އެންޑީއެމް އުފެއްދުމުގައި އިސްކޮށް އުޅުނު، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، އައިޝަތު ޝަހިންދާ ބުނެފައިވަނީ، މި މައްސަލަ ތިލަކުރަމުން ދަނީ، ދާދިފަހުން ފާސްކުރި ޓެރެރިޒަމްގެ ޤާނޫނާއި ގުޅިގެން އެކަމާއި ކަންބޮޑުވާ ފަރާތްތަކުން ކަމަށެވެ.

ޝަހިންދާގެ އިތުރުން ވެސް މީގެ ކރުިން އެތައް ބަޔަކު ފާޅުގައި އިސްލާމުދީނާ ދެކޮޅަށް ބަސް ބުނެފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ ބޭބެ އިބްރާހިމް އިސްމާއިލު އިބުރާ އާ މިނިވަން ނޫހުގެ ނޫސްވެރިޔާ އާއިޝަތު އާނިޔާ އާ، މުޖޫ ނައީމު ފަދަ މީހުން ހިމެނެއެވެ. ނަމަވެސް މި ސަރުކާރުން އެއިން މީހަކާ ދޭތެރޭ ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ބަދަލުގައި ފުލުސް އޮފީހަށް ހާޒިރުކުރީ އެފަދަ ޅާދީނީ މީހުންނާ ދެކޮޅަށް ބަސް ބުނާ ފޭސްބުކް ޕޭޖެއް ކަމުގައިވާ ސިރޫ އާޓްސް ހިންގާ މުހައްމަދު ޝިރުހާނެވެ.

އެމްޑީޕީ އިސްވެ އޮވެގެން މި ޤައުމުގައި ވެރިކަން ކުރާ ނަމަ މި ޤައުމުގައި އޮތް އިސްލާމީ ވަހުދަތު ނައްތާލާނެ ކަމަށް މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެންމެ ޞާރަށް ޕީޕީއެމުން ބުނަމުން އައި އެއް ވާހަކައަކީ އެއީ ކަން ފާހަގަކޮށްލެވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...