އެމްޑީއެން އުވާލުމަށް އެދޭ ޕެޓިޝަނުގައި 10 ހާހަށް ވުރެ ގިނަ މީހުން ސޮއިކޮށްފި!

މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރަށް ގޮވާލާ މީސް މީޑިއާގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ވާތީ ސޯޝަލް މީޑިޔާގައި ވެސް ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާގެ ކަންކަން ހުއްޓުވާލުމަށް އަޑުއުފުލަމުންނެވެ. އެގޮތުން ތަފާތު ސިޔާސީ ފިކުރުގެ މީހުން ވެސް އެޖޯޝުގައި އަޑު އުފުލަމުންނެވެ.

އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށް ރައީސް ޞާލިހަށް ގޮވާލައި ހަދާފައިވާ ޕެޓިޝަނުގައި މިހާތަނަށް 10500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕެޓިޝަނުގައި ބުނެފައިވަނީ އެމްޑީއެން އިން ޤާނޫނީ އަސާސީއާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއިބެހޭ ގާނޫނާއި ގާނުނުލް އުގޫބާތާއި ޖަމިއްޔާތަކާއިބެހޭ ގާނޫނާއި ހިލާފުވެފައި ކަމަށެވެ. އެހެންވެ އެމްޑީއެން އުވާނުލެވޭނަމަ އެއީ ޣައިރުގާނޫނީ އެހެން ޖަމާއަތްތަކަށްވެސް ދެވޭ ފުރުސަތެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުން ކުރިއަށްދާއިރު ސަރުކާރުން އަދި މިހާތަނަށް މިކަމުގެ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި އަޑު އުފުލާފަރާތްތަކުން ދަނީ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީ އަކީ އަބަދުވެސް ލާދީނީ ސިފަތައް ގެންގުޅޭ ބައެއް ކަމަށް ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...