ރަސޫލާއަށް ހަޖޫ ޖަހާއިރު ރައީސް ޞާލިޙް ހަނު ހުންނަވަނީ ކޮން މަޖުބޫރީ ކަމެއް އޮވެގެންތޯ: އަދުރޭ

އެމްޑީއެން އިން ނެރެނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބަދުބަސްތަކެއް ރައްދުކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހަނު ހުންނަވާތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ފާޑު ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ފާޅުގައި ބަޔަކު ހަޖޫ ޖަހަމުން ދާއިރު ރައީސް ޞާލިހް ހަނު ހުންނަވަނީ ކޮން ކަހަލަ މަޖުބޫރު ކަމެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޞާލިހް ޓެގު ކުރައްވައި އަބްދުއްރަހީމް ވަނީ އެފަދަ ކަންކަން ކުރާ ފަރާތްތަކަށް މަތީ މަޤާމު ދެއްވައިގެން އުޅުއްވަނީ ކޮން ބޭނުމަކުތޯ ސުވާލު ކުރައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ސަރުކާރުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައެއްނުވެއެވެ.

އެމްޑީއެންގެ ޗެއަރޕާސަން މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގެ ޓެރަރިޒަމާއި ދެކޮޅަށް ރައީސަށް ލަފާ ދޭ މީހެއްގެ ގޮތުގައި ކަން ފާހަގަކުރެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...